އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭނުންކޮށްފަ ހުންނަ ތަކެތި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސިއްޖެނަމަ ގިނަ ބައަކަށް ފައިދާކުރާނެ! ބޭރުވާ ޑޮލަރުވެސް މަދުވާނެ!

ބޭނުންކޮށްފަ ހުންނަ ތަކެތި ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސިއްޖެނަމަ ގިނަ ބައަކަށް ފައިދާކުރާނެ! ބޭރުވާ ޑޮލަރުވެސް މަދުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

މިހާރަކަށް އައިސް ދިރިއުޅޭތަން ބަދަލުކުރަންޖެހުން ފަދަ ކަންކަން އަވަސް އަވަހަށް ކުރިމަތިވުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެއެވެ. އެއިގެ ތެރޭގައި އެއްތަނަށް ހޯދާ ފަރުނީޗަރު އައިސް އަލަމާރި ފަދަ ތަކެތި ދެން ދެން ބަދަލުވާ ތަނުގައި ބަހައްތާނެ ޖާގައިގެ މައްސަލަތައް ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިޙާލަތުގައި ޖެހެނީ ހަމަ އައުކޮށް ހުއްޓައި އެތަކެތި އުކައިލާށެވެ! ނުވަތަ އެހެން ގޮތަކުން ނަމަވެސް ނައްތައިލާށެވެ! 

ހަމައެއާއިއެކު ތަނަވަސްކަން ހުންނަ މީހުން އަވަސްއަވަހަށް ފަރުނީޗަރުފަދަ ތަކެތި ބަދަލުކުރާއިރުވެސް މިމައްސަލަ ހަމަ މިގޮތަށް ކުރިމަތިވެއެވެ. 

މިފަދަ ތަކެތި ޑިސްޕްލޭކޮށް ވިއްކޭނެ ގޮތެއް ހަމަޖެހިއްޖެނަމަ އެމީހަކަށްވެސް ފައިދާކުރާނެއެވެ. އަދި ބޮޑު އަގުދީފައި އެފަދަ ތަކެތި ގަންނަން އުނދަގޫވާ މީހުންނަށް ރަނގަޅު ފެންވަރުގެ ތަކެތި ހެޔޮއަގެއްގައިވެސް ގަންނަން ލިބޭނެއެވެ. 

މިކަން ވިޔަފާރީގެ އުޞޫލަކުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ބަލާއިރު އެންމެ ބޮޑުވަނީ ތަނެއްގެ މައްސަލައެވެ. ބައެއް ވިޔަފާރިވެރިން ބުނަނީ މިފަދަ ވިޔަފާރިއެއް، ޚާއްޞަކޮށް ފަށައިގަންނައިރު ބޮޑު އަގުގައި ކުއްޔަށް ހިފައިގެން ފަށައިގަތުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން ތަނެއް ދޭނެނަމަ ކުރަން ރަނގަޅު ކަމެއް ކަމަށެވެ. 

"ތަކެތި ވިއްކަން ބޭނުންވާ މީހުންގެ އިތުރުން ސަރުކާރަށްވެސް ފައިދާކުރާނެ އެކަމުން. އެއީ މިގޮތަށް ވިޔަފާރި ކުރެވޭނަމަ ބޭރުވާ ޑޮލަރުން އެކަށީގެންވާ މިންވަރެއް ސަލާމަތްކުރެވޭނެ. އެއީ މުޅި އިޤްޠިޞޯދަށްވެސް ކުރާނެ ވަރަށް ބޮޑު ފައިދާއެއް!" ކަމަށްވެސް ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް