އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެެސް ދަތިކަމެއް ނެތް: ޝަކީލް

ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެެސް ދަތިކަމެއް ނެތް: ޝަކީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޙައްޖާޖީންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަކީލް ވިދާޅުވީ، މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ ޙައްޖުވެރިންނަށް ޚިދުމަތް ދިނުމުގެ ތަޖުރިބާއާއި ޤާބިލުކަން ހުރުމާއެކު، މިއަހަރު 1000 ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަކީ ދަތިކަމަކަށް ނުވާނެ ކަމަށެވެ.

ޝަކީލް އިތުރަށް ވިދާޅުވި ގޮތުގައި، މަޝާޢިރު ނުވަތަ ޙައްޖުގެ އަޅުކަން ކުރިއަށް އޮތް ހަތަރު ދުވަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު، މިނާއަށް ދިއުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. "ހުރިހާ ޙައްޖުވެރިންނަށް އެއްކޮށް މިނާއަށް ދިއުމަށް ތައްޔާރުވާނީ. އެހެންވީމަ އެކަންތައްތައް މުޠައްވިފުންނާ ގުޅިގެން ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ދަނީ ވަމުން،" ޝަކީލް ވިދާޅުވިއެވެ.

އަދި އޭގެއިތުރުން، އަރަފާތު ބިމަށް ދިއުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިނަމަ، ޙައްޖު ދުވަހުގެ ކުރިން އެ ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ފުރިހަމަކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޝަކީލް ފާހަގަކުރެއްވި ގޮތުގައި މިއަހަރަކީ އެހެން އަހަރުތަކާ ޚިލާފަށް ޙައްޖާޖީންނަށް ބޮޑެތި ލުއިތަކެއް ހަމަޖައްސައިދެމުންދާ އަހަރެކެވެ. އަދި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށް ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މައްކާއިން މަދީނާއަށް ހައި ސްޕީޑު ޓްރެއިންގައި ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު