އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 23 ސިކުންތު
ފާފަތައް ކުރެވުމުން ތައުބާނުވެ އަދި ނަމާދުވެސް ނުކޮށް ގިނަ ބައަކު އުޅެއެވެ. އެހެންކަމުން އެކަމުގެ ހުރި ނުބައިކަން ބޮޑުކަމުގެ މައްޗަށް ވިސްނައިލުން ވަރަށް މުހިންމެވެ.
ކައިވެނީގެ ކުރިން ޒިނޭ ކުރެވިފާ 2 މީހަކު، ކައިވެނި ކޮށް ދަރިއަކު ލިބުމަށްފަހު، ކުރިން އުޅެވުނު ގޯސް ގޮތް ވިސްނި ތައުބާ ވުމުން އެ ކައިވެނި ސައްހަ ވާނެތޯ؟ ކުރީގަ އުޅުނީ ނަމާދުވެސް ނުކޮށް. ހަމަ އެކަނި ނަމުގަ މުސްލިމެކޭ ކިޔާކަމެވެ!
ނަމާދު ނުކުރާ ކަމަށްވަނީނަމަ އެމީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެއެވެ. އެހެންކަމުން އަލުން ޝަހާދަތްކިޔާ ދީނަށްވަދެ، ނަމާދު ކުރަންފަށާށެވެ. އަދި ކައިވެނީގެ ޢަގްދުވެސް އަލުން ކުރާށެވެ. والله أعلم
އިތުރު 2 ސުވާލާ ޖަވާބު:
ޤަޞްދަކާނުލާ ކުރެވޭ ފާފަތަކަށް ތައުބާވާންޖެހޭނެތޯ؟
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ އެކަލޭގެފާނުގެ އިސްވެދިޔަ ހުރިހާ ފާފަތަކާއި ކުރވެން އޮތް ހުރިހާ ފާފަތަކެއް ފުއްސަވާ ދެއްވާފައިވާ ބޭކަލެކެވެ. މިއާއި އެކުވެސް އެކަލޭގެފާނު ފައިންޕުޅު ދުޅަފުޅުވަންދެން ރޭ އަޅުކަން ކުރައްވައެވެ. އަނބިކަނބަލުން އުއްމުލް މުއިމިނީނަ ޢާއިޝާ- ރަޟިޔަﷲ ޢަންހާ- މިކަމާއި މެދުގައި ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "ތިމަންނާ އަކީ ޝުކުރުވެރިވާ އަޅަކުކަމުގައިވަމެވެ".
މީގެ އިތުރުން ދުވާލަކު 100 އަށް ވުރެ ގިނަ ފަހަރު ފާފަ ފުއްސެވުން އެދި ދަންނަވާ ކަމަށްވެއެވެ. އެހެންކަމުން، އަޅުގަޑުމެންގެ މައްޗަށްވެސް ވާޖިބުވެގެންވަނީ ގިނަގިނައިން ފާފަފުއްސެވުން އެދި މާތް ﷲ ގެ ޙަޟްރަތަށް ދެންނެވުމެވެ. والله أعلم
ނަހަލާލަށްވިހާފަ ދަރިފުޅުމަރާލާފަހުރި، މީހަކާއިނދެގެންއުޅޭ މީހަކާ ދެއަންބަށް ކައިވެނިކުރުމަކީ ކޮންކަހަލަކަމެއްތޯ؟
ފުރަތަމަ ކަމަކީ މީހަކާ އިނދެގެން ހުރި އަންހެނަކާ ކައިވެނި ކުރެވޭނީ އޭނާ އާއި އިނދެގެން އުޅޭ ފިރިމީހާ އޭނާ ވަރިކޮށް ޢިއްދާ ހަމަވުމުންނެވެ.
ދެވަނަ ކަމަކީ: ސުވާލުން ދޭހަވަނީ އަންހެން މީހާ އަކީ ކުރީގައި ނަހަލާލަށް ވިހާފައި ދަރިފުޅު މަރާލާފައި ހުރި މިހެއް ކަމެވެ. އެހެންކަމުން، ކުރެވުނު ނުބައި ޢަމަލަށް ތައުބާވެ ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަށް އޭނާ އަށް ނަޞޭޙަތްތެރިވާށެވެ. އަދި އޭނާ ޒިނޭ ކުރުމުން ތައުބާވުމުން މެނުވީ މުއިމިން ފިރިހެނަކާ ކައިވެނި ކުރުން ހުއްދަވެގެން ނުވެއެވެ. ރަގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ، އޭނާ އާއި ކައިވެނި ކުރުން ހުއްދަވެގެންވެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
2 ޖޫން 2025