އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު
މިއީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާ ފުރުޞަތެއް ކަމަށް ޤަބޫލުކުރާށެވެ! ތިބާގެ ގާތުގައި ބުނެވެނީއެވެ. "މިހުރީ އެތައް މިލިއަން ޑޮލަރެވެ. ބޭނުންކުރާށެވެ! ދާދި އަވަހަށް ތިބާ މަރުވާނެއެވެ! ބޭނުން ނުކޮށްފިނަމަ އިތުރު އަހަރުތަކަކަށް ތިބާއަށް ދުނިޔޭގައި ހުރެވޭނެއެވެ."
ވަރަށް ޔަޤީން ކަމާއިއެކު ބުނަމެވެ. އެޙާލަތުގައި ހަމައެކަކުވެސް އެޑޮލަރުތަކުގައި އަތްލަންވެސް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ވީހާ ގިނަ ދުވަހު ދުނިޔޭގައި ހުރުމަށެވެ. މިޙަޤީޤަތާއި ދެކޮޅުހަދާނެ ހަމައެކަކުވެސް ހުންނާނެ ކަމަކަށް ޤަބޫލެއް ނުކުރާނަމެވެ.
މީސްތަކުންނޭވެ! މިޙަޤީޤަތް ޤަބޫލުކުރާއިރު ދުނިޔޭގައި ހުރެވޭ މަދު ވަޤުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފަނީ ކީއްވެގެންހެއްޔެވެ؟ ދިރިއުޅެލެވޭވަރަށް ޢާމްދަނީ ހޯދައި ވީހާގިނަ އަޅުކަންކުރަން މަސައްކަތްނުކުރަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! އެންމެ އަގުބޮޑު އެއްޗަކީ ވަޤުތެވެ! ފައިސާއެއް ނޫނެވެ! ފަށަމުން މިބުނެދިނީ އެކަމުގެ ދަލީލެވެ. ވީމާ ދުނިޔޭގައި ލިބެން ލިބިފައިވާ މަދު ވަޤުތުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ މީހަކަށްވާށެވެ! ބުއްދީގެ ބޭނުންކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސްކުން
Advertisement
3 ޖޫން 2025