އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު
ޛިކުރުތައް ދުލުން ކިޔައިލުމުން އެކަނި ނުފުދޭނެ ވާހަކަ އަބަދުވެސް ބުނަމެވެ. ޛިކުރުތައް ކިޔުމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބޭނީ މާނަވެސް ހިތަށް ގެންނަމުން ކިޔުމުންކަން އަބަދުވެސް ހަދާންކޮށްދެމެވެ. މިކަން މިރޭވެސް ހަނދާންކޮށް މިދިނީ ކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ދުނިޔަވީ ގޮތުންބެލިނަމަވެސް މީހަކު ކަމެއް ޙާޞިލްކުރަން މަސައްކަތްކުރާއިރު އެކަމެއް ޙާޞިލުކުރަން ކުރެވެން ހުރި ހުރިހާ ކަންކަން ކުރާނެއެވެ. އެންމެ ކަމެއްވެސް ނުކޮށް ދޫކޮށެއް ނުލާނެއެވެ. ސުވަރުގެ އެދިގެން މަސައްކަތްކުރުމުގައިވެސް އޮތީ ހަމަ މިގޮތެވެ.
އަޅުގަނޑުމެން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔަމުއެވެ. "ސައްޔިދުލްއިސްތިޣްފާރު" ކިޔުމަށް ޚާއްޞަ ސަމާލުކަމެއް ވެސް ދެމުއެވެ. ބައެއް ޢިލްމުވެރިން އެ ދުޢާއަށް "ޛިކުރުތަކުގެ މަންމަ" "ދުޢާތަކުގެ މަންމަ" އަދި "އިސްތިޣްފާރުތަކުގެ މަންމަގެ ނަމުން ނަންދެއްވާފައިވަނީ އެ ދުޢާގެ މަތިވެރިކަމުންނެވެ.
މިދުޢާ ހެނދުނު ކިޔައިގެން ހުއްޓައި ހަވީރުވުމުގެކުރިން އަދި ހަވީރު ކިޔައިގެން ހުއްޓައި ހެނދުނުވުމުގެ ކުރިން މަރުވެއްޖެނަމަ އެމީހަކު ވާނީ ސުވަރުގެލިބޭ އަޅުންގެތެރެއިންކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.
The Prophet (pubh) said, “The most superior way of asking for forgiveness from Allah is:
اللَّهُمَّ أَنْتَ رَبِّي لا إِلَهَ إِلا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لا يَغْفِرُ الذُّنُوبَ إِلا أَنْتَ (ޞާޙީޙް ބުޚާރީ)
The Prophet (pbuh) added. “If somebody recites it during the day with firm faith in it, and dies on the same day before the evening, he will be from the people of Paradise; and if somebody recites it at night with firm faith in it, and dies before the morning, he will be from the people of Paradise.”
މާނައީ: "އޭ ﷲ އެވެ! އިބަ ﷲ އީ މި އަޅާގެ ވެރިރަސްކަލާނގެއެވެ. އިބަ ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. މި އަޅާ ހެއްދެވީ އިބަ ﷲ އެވެ. އަދި މި އަޅާއީ އިބަ ﷲ ގެ އަޅަކީމެވެ. އަދި މި އަޅާއަށް ކުޅަދާނަވީ މިންވަރަކުން މި އަޅާ މިހުރީ އިބަ ﷲ ގެ ޢަހުދުގެ މަތީގައެވެ. އަދި އިބަ ﷲ ގެ ވަޢުދުގެ މަތީގައެވެ. މި އަޅާއަށް ކުރެވިފައިވާ ކުށްތަކުގެ ނުބައިކަމުން ރައްކާތެރިކޮށް ދެއްވުމަށް މި އަޅާ އިބަ ﷲ ގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މި އަޅާގެ މައްޗަށްވާ އިބަ ﷲ ގެ ނިޢުމަތަށް މި އަޅާ އިޢުތިރާފުވަމެވެ. އަދި މި އަޅާގެ ފާފަތަކަށްވެސް މި އަޅާ އިޢުތިރާފުވަމެވެ. ފަހެ މި އަޅާއަށް ފާފަ ފުއްސަވާނދޭވެ! އެހެނީ ހަމަކަށަވަރުން އިބަ ﷲ ފިޔަވައި ފާފަ ފުއްސަވައިދެވޭނެ އެހެން ފަރާތެއް ނުވެއެވެ."
ފާފަތަށް ފުހެވިގެން ދިޔުމަށް އަޅުގަނޑުމެން ކޮންމެ މީހަކުވެސް އެދޭނެއެވެ. މި ދުޢާ ދަސްކޮށްލަން ވަޞިއްޔަތްކުރަމެވެ. މިއީ ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ ތެރޭގައިވެސް ހިމެނޭ ދުޢާއެކެވެ! އެއްފަހަރުން ދަސްނުވި ކަމުގައިވިޔަސް ކޮންމެ ދުވަހަކުވެސް ކިޔާލުމުން މާ ގިނަ ދުވަސްތަކެއް ނުވެ އިންޝާ ﷲ ދަސްވެދާނެއެވެ.
(ސުވަރުގެ ޔަޤީންކުރުމެވެ. ބުނެވޭ ބަހުގެ މާނައަކީ ސުވަރުގެ ޔަޤީންކުރަން ޤުރްއާނާއި ސުންނަތުގައިވާފަދައިން މަސައްކަތްކުރުމެވެ. ސުވަރުގެ ވައްދަވާނީ އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ އަޅުންނެވެ. މަސައްކަތްކުރަންވީ އެފަދަ އަޅަކުކަމުގައި ހިމެނުމަށެވެ.)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
3 ޖޫން 2025