އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަގެ ހުރިހާ ޚަރަދަކަށް ދަރިފުޅުދޭ ފައިސާ އަމިއްލައަށް ބޭނުންކުރަމުން މައިދައިތައަށް އަނިޔާވެރިވަމުން އައި ޅީދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-

މަންމަގެ ހުރިހާ ޚަރަދަކަށް ދަރިފުޅުދޭ ފައިސާ އަމިއްލައަށް ބޭނުންކުރަމުން މައިދައިތައަށް އަނިޔާވެރިވަމުން އައި ޅީދަރިއަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު

ދުނިޔޭގައި އިނީ މުސްކުޅި މަންމައެވެ. ތިބީ ދެދަރިންނެވެ. އަނަހެންދަރިއަކާއި ފިރިހެން ދަރިއެކެވެ. އަނަހެން ދަރިފުލަކީ ތަނަވަސް ކުއްޖެކެވެ. މަންމަ ގެންގޮސްގެން ބަލަންވެސް ބޭނުންވެއެވެ. ނަމަވެސް މަންމަ ބޮޑަށް ލޯބިވަނީ ބޭބެދެކެކަން އެނގޭތީ ގެއަށް ނުގޮސް މަންމަ ގޭގައި ބައިންދަނީއެވެ. މަންމަގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައިދެނީ އަންހެން ދަރިފުޅެވެ. 

އަންހެން ދަރިފުޅު މަންމައަށް ޒިޔާރަތްކުރި ދުވަހެކެވެ. ވަދެގެންގޮސް މަންމަގެ ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު ބޭބެގެ އަނބިމީހާ މަންމައަށް އެއްޗެތި ގޮވަނީއެވެ. އެދެމަފިރިންނަށް އުނދަގޫނުކޮށް އަންހެން ދަރިފުޅުގެ ގެއަށް ދިއުމަށް އަމުރުކުރަނީއެވެ. މަންމަ ރޮނީއެވެ. 

ހުރިހާ އަޑުތަކެއް އެހުމަށްފަހު ބޭބެއަށް ގުޅާފައި ވަޤުތުން ގެއަށް އައިސްދިނުމަށް އެދުމާއިއެކު އައުމުން ފެނުނު ކަންކަން ހިނގައިދިއަ ގޮތް ކިޔައިދިނެވެ. ބުންޏެވެ. "ބޭބޭއެވެ! މިހާރު މިދައްކަނީ ނުދައްކަންހުރި ވާހަކަތަކެވެ! އަހުރެން  މަންމަ ގެއަށް ގެންދަން ބޭނުންވިތާ ކިތަންމެ ދުވަހެކެވެ. އެކަން ނުކުރެވި ލަސްމިވަނީ މަންމަ ބޮޑަށް ލޯބިވަނީ ބޭބެދެކެކަން އެނގޭތީއެވެ. ބޭބެ ނުފެނި ލަސްވާނަމަ މަންމަ ދެރަވާނެވަރު އެނގޭތީއެވެ. އެކަމަކު މިއަދު ގޮތް ނިންމައިފީމެވެ. މިހިރަ އަނިޔާވެރި އަންހެނާ މަންމަގެ ހިތުގައި ޖައްސުވާކަށް މަންމަ މިގެއަކު ހިނދުކޮޅަކުވެސް ނުބައިންދާނަމެވެ. ގޮވައިގެން މިދަނީއެވެ. އެކަމަކު ބުނަންހެއްޔެވެ؟ މިއީ ބައްޕަގެ ގެއެކެވެ. ކުރިން ހުރީ ބޭބެއަށް އެކުގައި ގެދޭށެވެ! އެކަމަކު އެނިންމުން ބަދަލުކޮށްފީމެވެ. ގެއާއި ގޯތި ބަހަން މާދަމާ ކޯޓަށް މައްސަލަ ވައްދާނަމެވެ. އަހުރެންނަށް ޙިއްޞާވާ އެންމެ އިންޗިއެއްގައިވެސް މިހިރަ ނުބައިނުލަފާ، އަހުރެންގެ މަންމައަށް އަނިޔާވެރިވާ އަންހެނާގެ ފައިތިލަ ޖެހޭކަށް ބޭނުމެއް ނޫނެވެ!" 

ޖަވާބުގައި ބޭބެ ބުންޏެވެ. "ގެބެހުމަކީ މައްސަލައެއް ނޫނެވެ. ގެ ބަހާށެވެ! ރަނގަޅު ގޮތަކީވެސް ބެހުމެވެ. މަންމަވެސް ގެންދާށެވެ! މިހިރަ ޝައ3ިޠޯނާގެ ބަދަލުގަ އިންސާނަކު މިގެއަށް ގެނެސްފަ ބުނާނަމެވެ. މަންމަ ބޭނުންވާ ގެއެއްގައި މަންމަ ބައިންދާނީއެވެ. ދެރައީ މިހިރަ ޝައިޠޯނާގެ ތިބާވަތުގެ އެއްވެސް ވާހަކައެއް ބޭބެގާތުގައި މަންމަ ނުބުނާކަމެވެ. ބޭބެ މިހުންނަނީ މަންމަ ވަރަށް ރަނގަޅަށް ބަލާކަމަށް ހީކޮށްގެންނެވެ. މަންމަގެ ޚަރަދަށް ކޮއްކޮ ތިއަދޭ ފައިށާއަކު ބޭބެ ނުޖެހެމެވެ. މަންމައަށް ބޭނުންވާ ޚަރަދުތައްވެސް ކުރަމެވެ. ކޮއްކޮދޭ ފައިސާ އެކުގަ މިދެނީ އަނބިމީހާއަށެވެ. އެއީވެސް މަންމައަށް ހެޔޮކޮށް ހިތާނެކަމަށް ބަލައިގެންނެވެ." 

އަނބިމީހާއަށް ބުންޏެވެ! "ކަލޭ އަހުރެންގެ މަންމައާއިމެދު ތިއަގޮތަށް ކަންތައްކުރާތާ ވީ ދުވަހެއް އަހާކަށްވެސް ބޭނުންމެއް ނޫނެވެ. ތިއައީ ޢާންމުކޮށް ކަންތައްކުރާ ގޮތް ނޫންނަމަ ކޮއްކޮ އައި ވަޤުތަކު ތިއަ ކަންކަމެއް ނުފެންނާނެއެވެ. ވީމާ ތިއިނީ ވަރިކޮށްފައެވެ. އަވަހަށް ގެއަށްދާށެވެ." 

އަނބިމީހާ އޭނާގެ ހުރި ނިކަމެތިކަން ބަޔާންކޮށް ރޮއި އާދޭސްކުރިއެވެ. ދެން އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ތަކުރާރުކޮށް ބުންޏެވެ. ނަމަވެސް އޭނާއަށް އިތުބާރުކުރާކަށް ފިރިމީހާ ބޭނުމެއް ނުވިއެވެ. ގެއިން ނުކުމެގެންދިއައީ ރޮއި ކަރުނައަޅަމުންނެވެ. ފިރިމީހާފަދަ ހެޔޮލަފާ ރަނގަޅު ފިރިއަކު ދެން ނުލިބިދާނެތީއެވެ. 

އަމިއްލަ މައިންބަފައިން ފިރިމީހާގެ ނުވަތަ އަނބިމީހާގެ މައިންބަފައިންނަމަވެސް މުސްކުޅިވާދުވަހު މިގޮތަށް ކަންތައް ނުކުރާށެވެ! ބަލަން ބޭނުން ނޫންނަމަ ނުބެލުމަށްވުރެ އެމީހުންނަށް އަނިޔާވެރިވުމުން ލިބޭ ފާފަވެސް މާބޮޑުވާނެއެވެ. އެއްދަރި ނުބެލީމާ އެހެންދަރިއަކު ބަލާނެއެވެ. އެއްވެސް ދަރިއަކު ނުބެލުމުން އެކަނިވެރިވާންޖެހުމަށްވުރެ އެމީހުންނަށް މިގޮތަށް ކަންތައްކޮށް ހިތުގައި ޖެއްސުމުން އެމީހުންނަށް ލިބޭ ހިތްދަތިކަންވެސް މާބޮޑުވާނެއެވެ.

  

- ޢިބްރަތްތެރި ވާހަކަ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް