އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ޤުރްއާނުން ކިޔޭއިރުވެސް ހިތަށް ބިރުވެރިކަން ނުވަންނަނަމަ އެދުވަހު ތިބާ ސަލާމަތްކޮށްދޭނީ ކާކުތަ؟

ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ޤުރްއާނުން ކިޔޭއިރުވެސް ހިތަށް ބިރުވެރިކަން ނުވަންނަނަމަ އެދުވަހު ތިބާ ސަލާމަތްކޮށްދޭނީ ކާކުތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 33 ސިކުންތު

ޤިޔާމަތް ދުވަހުގެ ވާހަކަ ދެކެވޭނަމަ ނިކަން ފަސޭހައިން ބުނާނެއެވެ. "އަހުރެން ޤިޔާމަތް ދުވަހަށް ހާދަ ބޮޑަށް ބިރު ގަންނަމެވެ." މިހެން ބުނާ މީހުން ނިކަން އެމީހުންގެ އަމިއްލަ ނަފްސާ ސުވާލުކޮށްބަލާށެވެ! "އަހުރެންނަށް އެބަ ބިރުވެތިވެވޭ ހެއްޔެވެ؟" ސުވާލުކުރުމުން އަމިއްލަ ނަފްސް ތިމާއަށް ދޭނީ ތިއަ ބުނާ ޖަވާބުހެއްޔެވެ؟ ބިރުވެތިވަމޭ ހެއްޔެވެ؟ 

ހާލުންތެރިވެލަމާ ހިނގާށެވެ! 

އެއްވެސް ޝައްކެއްނެތެވެ. ޤިޔާމަތްދުވަސް ވެގެންދާނީ އަހަރެމެންނަށް ހުރި ބިރުވެރިކަން އިންތިހާއަށް ބޮޑުވެގެންދާ ދުވަހެއްގެ ގޮތުގައެވެ. އެފަދަ އެހެން ދުވަހެއް ދެކިފައިނުވާފަދަ ދުވަހެއްގެގޮތުގައެވެ. އެދުވަހުގެ ބިރުވެރިކަމުން، ތިޔަބައިމީހުންގެ އާއިލާއާއި ޅަދަރިންގެ މަތިން ހަނދާންވެސްނުހުންނާނެތެވެ. ސޫރަތުލް ޙައްޖުގެ ފުރަތަމަ ދެއާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. 

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ޤިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާކަމެކެވެ. ތިޔަބައިމީހުންނަށް އެޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު، ﷲގެ ޢަޛާބުގަދަފަދައީއެވެ."  މިފަދަ އެތައް އާޔަތެކައްގައި އެދުވަހުގެ ބިރުވެރިކަން ވަނީ ހާމަކޮށްދެއްވަވައިފައެވެ. 

ޣާފިލުވެތިބެ ފާފަތައް ކުރުމުގައި ދެމިތިބި މީހުން އެދުވަހުންވާނީ ގެއްލުމެއްގެ ތެރޭގައިކަން ޔަޤީނެވެ.   ސޫރަތުލް އާލް ޢިމްރާންގެ 91 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން ކާފިރުވެ، އަދި ކާފިރުންކަމުގައިތިބެ މަރުވި މީހުން ބިން ފުރޭހާ ރަނުން ފިދުޔަދިންކަމުގައިވިޔަސް އެއިން އެކެއްގެ ކިބައިންވެސް އެކަން ޤަބޫލުނުކުރައްވާހުށްޓެވެ. އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް ނަޞްރުދޭނެ އެއްވެސް ބަޔަކުނުވެއެވެ." 

"ފަހެ ތާޅަފިލި ފުމެލައްވައިފިހިނދު، ފަހެ އެއުރެންގެ މެދުގައި އެދުވަހަކުން ނަޞަބުތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކަކެއްގެ ކިބައިން ކަންތައްތަކަށް އެދި ސުވާލެއްވެސް ނުކުރާނެތެވެ."  سورة المؤمنون : 101 

އެދުވަހުން ތިބާވާނީ އެކަނިމާ އެކަންޏެވެ. ތިބާ ކުރި ޢަމަލުތަކާއިއެކުއެވެ. ތިބާގެ އެންމެ ގާތް ރަޙުމަތްތެރިއެއްވެސް އާއިލާމީހެއްވެސް ތިބާގެ އެހީއަކަށްނާންނާނެތެވެ. މިދުނިޔޭގައި ތިބާއާއި ދިމާވާ މީހުންނަށް ގެއްލިހުސްވެ، އެމީހުންނާއިއެކު މަޖަލާއި ސަކަރާތުގައި މުނިއަވަސްކަންމަތީ ދުވަސްތަށްހޭދަކުރުންވާނީ ބޭކާރުކަމަކަށްނޫހެއްޔެވެ؟ އެކުވެރިންގެ ގޮތުގައިވެސް ރަނގަޅު މީހުން ޚިޔާރުކުރާށެވެ. ގިނަގިނައިން އެކަލާނގެ މަތިން ހަނދުމަކޮށްދީ ޙެޔޮޢަމަލުކުރުމަށް ހިތްވަރުދޭމީހުން ގާތްކުރާށެވެ. ތިބާގެ އާޚިރަތަށް ފައިދާކުރާނެ މަގަކީވެސް އެއީއެވެ. 

"ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ. އެއީ، މީހާ އޭނާގެ އަޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި ދަރިންގެ ކިބައިން ފިލަންދާދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުންވެއެވެ. އެދުވަހުން، އަލިވެ ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވެއެވެ. އަދި އެދުވަހުން، އެމޫނުތަކެއްގެމައްޗަށް ހިރަފުސްއަރާފައިވާ މޫނުތަކެއްވެސްވާނެއެވެ. އެމޫނުތަކަށް ކަޅުއަނދިރިކަމެއްވެރިވާނެތެވެ. އެއުރެންނީ ހަމަ ނުލަފާވެގެންވާ ކާފަރުންނެވެ."  

سورة عبس : 33-42 

އެދުވަހުން ﷲއަށް އީމާންނުވިމީހުން ތިބޭނީ ހިތްދަތިވެގެންވާހާލު އުއްމީދުކަނޑާލައިގެންނެވެ. އަދި ކޮންމެ ގޮތެއް ހަދާފައިނަމަވެސް އެމީޙުންގެ ނަފްސު އެކަމުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރާނެތެވެ. ސޫރަތުއް ރަޢްދުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. 

"އަދި އެކަލާނގެއަށް އިޖާބަނުދިން މީހުންނަށް މުޅި ބިމުގައިވާހާ ތަކެއްޗެއް އޭގެދެގުނައަށް ލިބުނުކަމުގައިވިޔަސް އެހުރިހައި އެއްޗަކުން އެއުރެން ފިދުޔަދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި ޙިސާބުބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އަދި އެތަންމަތީގެހުރި ނުބައިކަމާއެވެ!" 

އެހެންކަމުން، އެދުވަހުން، ތިބާކުރި ހުރިހާ ޢަމަލެއްގެ ޖަޒާ ތިބާއަށް ލިބޭނެކަން ހަނދުމަކުރާށެވެ. ތިބާއަށް މިހާރު ލިބިފައިއޮތް ވަގުތުގެ ބޭނުން ހެޔޮގޮތުގައިހިފާށެވެ. އެދުވަހުން، އަބާއްޖަވެރިންގެ ގޮތުގައި ވެގެންދާނެ މީހުންގެ ތެރެއިން ތިބާ ވުމަށް ނޭދޭނެކަންކަށަވަރެވެ. 

"ފަހެ، ޒައްރެއްގެ މިންވަރުވިޔަސް ހެޔޮކަމެއްކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް ނުބައިކަމެއްކޮށްފިމީހާ، އޭނާ އެކަންދެކޭނެތެވެ."  سورة الزلزلة  : 7 ، 8

 

 

މަސްދަރު: އިސްލާމީ ހިދާޔަތު

 

 

 

 

 

 

 

 

 

 

 

 

https://www.islamweb.net/en/article/184049/the-terrors-of-the-day-of-resurrection-i

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު