އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބޭލުން ހުއްދަ އިސްތަށްޓާއި ބާލަންޖެހޭ އިސްތަށްޓާއި ބާލައިގެން ނުވާނެ އިސްތަށި-: ޝައިޚް ޢާޞިމް އަލްޙަކީމް

ބޭލުން ހުއްދަ އިސްތަށްޓާއި ބާލަންޖެހޭ އިސްތަށްޓާއި ބާލައިގެން ނުވާނެ އިސްތަށި-: ޝައިޚް ޢާޞިމް އަލްޙަކީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

އިންސާނާގެ ހަށިގަނޑުން ފަޅާ އިސްތަށީގެ ތެރޭގައި 3 ބާވަތެއްގެ އިސްތަށިވެއެވެ. އެއިގެ ތެރެއިން ފުރަތަމަ ބާވަތަކީ ބޭލުން ހުއްދަ އިސްތަށްޓެވެ. ދެވަނަ ބާވަތަކީ ބާލަންޖެހޭ އިސްތަށްޓެވެ. 3 ވަނަ ބާވަތަކީ ބާލައިގެން ނުވާނެ އިސްތަށްޓެވެ.  

ބާލަންޖެހޭ އިސްތަސްޓަކީ ކިހިލިފަތްދޮށުގައި ފަޅާ އިސްތަށްޓާއި ގުނަވަނުގައާއި ގުނަވަން ކައިރީގައި ފަޅާ އިސްތަށްޓެވެ. ބާލައިގެން ނުވާނެ އިސްތަށްޓަކީ ފިރިހެނުންގެ ތުނބުޅީގައި ފަޅާ އިސްތަށޓެވެ. (ތުބުޅިއެވެ.) އެއީ ޙަޜާމް ކަމެކެވެ. ބޭލުން ހުއްދަ އިސްތަށްޓަކީ އަތާއި ފަޔާއި އެނޫންވެސް (ތުނބުޅި ފިޔަވައި) އެެހން ގުނަވަންތަކުގައި ފަޅާ އިސްތަށްޓެވެ. އެއިސްތަށި އެމީހަކު ބޭނުންނަމަ ބޭލުމަކަށް އެއްވެސް މައްސަލައެއް ނެތެވެ.

- ޝައިޚް ޢާޞިމް އަލްޙަކީމް  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!    

ތުނބުޅިއަށް މާފްކޮށް މަތިމަސް ކުރުކުރުމަށް ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަމުރު ކުރައްވާފައެވެ. އެހެންކަމުން ތުނބުޅި ބޭލުމަކީ އެކަލޭގެފާނުގެ އަމުރަށް ނުކިޔަމަންތެރިވުމެވެ. ވުމާއިއެކު، ވަޒީފާގެ ގޮތުން ތުނބުޅިބާލަން ޖެހޭނަމަ، އެހެން ވަޒީފާ އެއް އިޚްތިޔާރު ކުރުން ބުއްދިވެރި އެވެ. 

މުސްލިމް ފިރިހެނަކަށް ޓްރިމަރ ހަދިޔާކުރުން: 

ޓްރިމަރަކީ އެއިން އެކިބާވަތުގެ ބޭނުންތައް ކުރެވޭ އެއްޗެކެވެ. އެހެންކަމުން، އޭގެ ޛާތުގައި ހުއްދަ އަދި ބޭނުންތެރި އެއްޗެކެވެ. ޓްރިމަރު ހަދިޔާކުރަނީ ތުނބުޅި ބޭލުމަށް ކަމަށްވަނީ ނަމަ ގޯސްވީއެވެ. އެއީ، މަގްޞަދު ތަފާތުވީމައެވެ. والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް