އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތާމަތަކާ ދަތިޙާލާ ކުރިމަތިވާ އެންމެހައި ކަންކަމުން ސަލާމަތްކަމަށް އެދި ގިނަގިނައިން ކިޔަން އޮތް ޛިކުރެއް-

ހިތާމަތަކާ ދަތިޙާލާ ކުރިމަތިވާ އެންމެހައި ކަންކަމުން ސަލާމަތްކަމަށް އެދި ގިނަގިނައިން ކިޔަން އޮތް ޛިކުރެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ބައެއް މީހުންނަށް ވިސްނެނީ ކިޔުމުން ފައިދާކުރާނީ ނުވަތަ އެންމެ ފައިދާބޮޑުވާނީ ދިގު ނުވަތަ ޢާންމުކޮށް ކިޔަން އުނދަގޫ ޛިކުރުތައް ކިޔުމުން ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މިޘާލަކަށް ބުނާނަމަ:

سُبْحَانَ اللَّهِ الْعَظِيمِ، سُبْحَانَ اللَّهِ وَبِحَمْدِهِ ‏"‏‏.‏ 

މިޛިކުރަކީ ކިހައި ކުރު، އަދި ކިޔައިލަން ކިހައި ފަސޭހަ ޛިކުރެއް ހެއްޔެވެ؟ ނަމަވެސް މިޛިކުރާއިމެދު ޙދީޘްފުޅު ކުރައްވަވާފައިވަނީ ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބުރަދަން ބޮޑު ޛިކުރެއް ކަމުގައެވެ.  

ދެން މިބަޔާންކުރަނީ ހިތާމަތަކާ ދަތިޙާލާ ކުރިމަތިވާ އެންމެހައި ކަންކަމުން ސަލާމަތްކަމަށް އެދި ގިނަގިނައިން ކިޔަން އޮތް ޛިކުރެކެވެ. ދޫމައްޗަށް އެހައިމެ ފަސޭހައެވެ. ނަމަވެސް ލިބޭ ފައިދާތައް އެހައިގިނައެވެ.  

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ

މާނައީ: "އެއްވެސް އާރެއް ބާރެއް މާތް ﷲ ގެ ވާގިފުޅާއެކުގައި މެނުވީ ނުވެއެވެ." 

މި ޛިކުރަކީ ރަސޫލް صلى الله عليه وسلم އަބޫ މޫސާ އަލް-ޢަޝާރީއަށް "ސުވަރުގޭގެ ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ދައްކަވަންތޯ" ޙަދީޘްފުޅު ކުރައްވަވައި ޙަދީޘްފުޅުކުރެއްވެވި ޛިކުރެކެވެ.

މި ޛިކުރު ގިނަގިނައިން ކިޔާމީހާއަށް ﷲ ތަޢާލާގެ ޙަޟުރަތުން ގިނަގުނަ ނިޢްމަތްތަކާއި ބަރަކާތް އޮހިގެންދާނެތެވެ! އިން ޝާ ﷲ

لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ މި ޛިކުރުގެ ތަފްޞީލަށް ބަލާއިރު އެނގިގެންދަނީ އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. ވީމާ ހިތާމަތަކާއި ދަތިޙާލާއި އެންމެހައި ކަންކަމުން ދިންނަވައިދެއްވެވުން އެދި ގިނަގިނައިން މި ޛިކުރު ކިޔުމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް