އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ އިސްކަމެއް ދެނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް: ރައީސް

އެންމެ އިސްކަމެއް ދެނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އެންމެ އިސްކަމެއް ދެނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ މައްކާއަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ދިވެހި ޙައްޖުވެރިން މައްކާގައި ތިއްބަވާ ހޮޓެލްގައެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ރައީސްގެ އަރިހުގައި ސަޢުދީ ޢަަރަބިއްޔާއަށް ވަޑައިގަންނަވާފައިވާ އިތުރު ވަޒީރުންވެސް ބައިވެރިވެލައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޙައްޖުވެރިންނާއި މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ޙައްޖުވެރިންނާއި ގުޅޭ ކަންކަން ހަރުދަނާ ކުރެއްވުމަށް ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި މިއަހަރު ޙައްޖުވެރިން މައްކާއިން މަދީނާއަށް ކުރާ ދަތުރު ހައި ސްޕީޑް ޓްރެއިންގައި ދަތުރުކުރާ ގޮތަށް ހަމަޖައްސަވާފައިވާކަންވެސް ވަނީ އިޢުލާން ކުރައްވާފައެވެ.

މީގެ އިތުރުންއެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި ސަރުކާރުންވެސް އެންމެ އިސްކަމެއް ދެއްވާނީ ދިވެހި ހައްޖާޖީންނަށް ވީހާވެސް ފުރިހަމަ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން ހައްޖާޖީން އެނބުރި ރާއްޖެއަށް އަންނަންދެން ހުރިހައި ކަމެއްގައިވެސް ވީހާވެސް ފުރިހަމައަށް، ކޮންމެ ހައްޖާޖީއަކަށްވެސް ކަންކަން ފަސޭހައިން އިންތިޒާމުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކައްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަހަރުގެ ޙައްޖަކީ ދިވެހިންނަށް ތާރީޚީ ހައްޖަކަށް ވާނެކަމަށާއި އެގޮތުން ސަޢުދީ ސަރުކާރާއި އެޤައުމުގެ ވަލީޢަޙުދުގެ ޚާއްސަ ނިންމެވުމުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ފަހު ފުރުސަތުތަކެއް ލިބި ހައްޖުގެ އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބީއްޔާއަށް ދިއުމުގައި ވަރަށްބޮޑު ލުޔެއް ލިބުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ މިކަމަށްޓަކައި ސަޢޫދީ ރަސްގެފާނަށާއި ވަލީއަޙުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖުވެރިން މިހާރު ވަނީ މައްކާއަށް ގޮސްފައެވެ. އަދި ޙައްޖުވެރިންގެ ހާލު ރަނގަޅުކަމަށް ދިވެހި ޙައްޖު މިޝަންއިން މަޢުލޫމާތު ދެއްވައެވެ.

ދިވެހި ޙައްޖުވެރިންގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ރައީސްގެ އިރުޝާދާއެކު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންނާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރު ޙައްޖުވެރިން މައްކާއަށް ގޮސްފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ލުއިފަސޭހަކަމުގެ ތެރެއިންނެވެ. އަދި މިއަހަރު މިނާ އަދި ޢަރަފާތުގައި ޙައްޖުވެރިން ތިއްބަވާ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މަތިކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު