އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެކްސް ޕްލެޓްފޯމްގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯ އިން ބުނެފައިވަނީ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކުރެވިފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށެވެ.
"މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ،" ސްޓެލްކޯ އިން ބުނެފައިވެއެވެ.
މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ވަނީ ދިފައެވެ.
ފާއިތުވި ދުވަސްތަކުގައި ކަރަންޓު ބިލްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރަމުން އައި ހިނދު، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ވަނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށްފައިވާ ޓެރިފް ރޭޓްތަކަށް. މި ބަދަލާއެކު ކަރަންޓުބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ. މީގެ އިތުރުން ރައީސް މުޢިއްޒުގެ ނިންމެވުމާއި… pic.twitter.com/zNbAZHGnTX
— STELCO (@STELCOMALDIVES) June 2, 2025
Advertisement
2 ޖޫން 2025