އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު
ޢަލީ އިޙްޞާން ފިރާޤް
ވިޓަމިންޑީއަކީ ކައްޓާއި ދަތްތައް އަދި މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ދިވެހިންގެ ތެރެއިންވެސް ވަރަށް ގިނަ މީހުންނަށް ވިޓަމިންޑީ މަދުވުމުގެ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ.
އިރުގެ ދޯދިތައް ހަންގަނޑަށް އެޅުމުގެ ސަބަބުން ހަށިގަނޑުގައި ވިޓަމިންޑީ އުފައްދައިދެއެވެ. އެހެންކަމުން ހަފްތާއަކު އިރުގެ އަވިލިބޭނެ ގޮތަށް 30 ވަރަކަށް މިނެޓް ހޭދަކޮށްލުން ރަނގަޅުވާނެއެވެ. ބުރުގާ އަޅާފަރާތްތައްވެސް މޫނާއި ދެއަތްތިލައަށް އަވިލިބޭ ގޮތަށް 30 މިނެޓް ހޭދަކޮށްލުމުން ފުދޭނެއެވެ.
ހެނދުނުގެ ވަގުތާއި ހަވީރުގެވަގުތުގައި އަތްވަށް ނުކުމެވިދާނެއެވެ. އަތްވަތް ނުކުންނައިރު ސަންސްކްރީން ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އަވީގައި ހުންނަތާ 15 ވަރަކަށް މިނެޓްފަހުން އެފަދަ އެއްޗެއް ބޭނުން ކުރެވިދާނެއެވެ. މަދުވެގެން ހަފްތާއަކު ދެ ދުވަހު މިގޮތަށް ހެދިދާނެވެ.
އަތްވަށް ނިކުންނައިރު އެންމެ އަވިގަދަ ގަޑީގަޑި ނުކުމެއްޖެނަމަ ހަންގަނޑަށް އޭގެ ސަބަބުން ގެއްލުން ލިބޭނެއެވެ. ވީމާ މިކަމަށް ސަމާލުވުން މުހިންމެވެ.
ކިރުގެ ބާވަތްތަކަކީވެސް ވިޓަމިންޑީ ލިބޭނެ ބާވަތްތަކެވެ. އެންމެ ރަނގަޅީ ފުލްކްރީމް މިލްކް ބޭނުން ކުރުމެވެ. އެހެނީ ކިރުގައި ހުންނަ ސަރުބީގެ ބައި މަދުކުރުމުގެ ތެރޭގައި ސަރުބީއަށް ގިރޭ ވިޓަމިންތައްވެސް މަދުވެގެންދެއެވެ. ފުލްކްރީމް މިލްކު ރަނގަޅުވަނީ މިހެންވެގެންނެވެ.
Advertisement
3 ޖޫން 2025