އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އަކްރަމް ކަމާލުއްދީނާއި އިތުރު 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އަކްރަމް ކަމާލުއްދީނާއި އިތުރު 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ވަކި ފަރާތްތަކެއް ނާޖާއިޒު ގޮތުގައި ހިމެނުމުގެ މައްސަލައިގައި، ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި އިތުރު 3 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ދަޢުވާކުރުމަށް ހުށަހަޅާފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނުގެ އިތުރުން، އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް މުޙައްމަދު ޢާރިފް، ސީނިއަރ އެގްޒެކެޓިވް ޟިރުޢާމް ވަޙީދު އަދި ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.

މި ފަރާތްތަކުގެ މައްޗަށް ދަޢުވާކުރަން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން އިތުރު ކުށްތަކެއް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެ ކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރިއަށްދާކަމަށް ވެސް ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ސްކީމަކީ ސަރުކާރުން ތަޢާރަފުކުރި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކަމަށްވާއިރު، އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އެކުށްތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު