އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ރަށްރަށަކީ ފެހި އަދި ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށް ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނަން: ރައީސް

ރާއްޖޭގެ ރަށްރަށަކީ ފެހި އަދި ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށް ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނަން: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ރާއްޖޭގެ ރަށްރަށަކީ ފެހި އަދި ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށް ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ބައިސްކަލު ދުވަހާ ގުޅިގެން ސޯޝަލް މީޑިޔާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ބައިސްކަލުން ދިރިއުޅުމާއި ތިމާވެއްޓަށް އަންނަ ހެޔޮ ބަދަލުތައް ފާހަގަކުރުން ކަމަށެވެ. އަދި ބައިސްކަލަކީ ޚަރަދުކުޑަކޮށް ދަތުރުކުރެވޭ ދެމެހެއްޓެނިވި، ތިމާވެއްޓާއި ރަހުމަތްތެރި އުޅަނދެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ދުނިޔޭގެ ބައިސްކަލު ދުވަހުގެ ޝިއާރަކީ "ސައިކްލިން ފޯރ އަ ސަސްޓެއިނަބަލް ފިއުޗަރ" ކަމަށްވާއިރު، އިންޖީނުލީ އުޅަނދުފަހަރުން ރަށްރަށް ތޮއްޖެހެމުންދާތީ، ދަތުރުފަތުރުގެ ނިޒާމާމެދު އަލުން ވިސްނަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްރަށަކީ ފެހި އަދި ތިމާވެއްޓާ ރަހުމަތްތެރި ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ބައިސްކަލު ތައާރަފްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިކަމަކީ ސަރުކާރުގެ ތިމާވެށި ރައްކާތެރިކުރުމުގެ އެޖެންޑާގެ ތެރެއިން ކުރިއަށް ގެންދަވާ މަސައްކަތެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ބައިސްކަލު ބޭނުންކުރުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު އާންމުވެފައިވާ ކަމެއް ކަމަށާއި، މިއީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު