އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙާލަތެއް ދިމާވެގެންވެސް ޒަމާނީ އަންހެނަކަށް ބަދަލުވެއްޖެނަމަ ބައްދަލުވުން ގާތީ ޒަމާނީ ފިރިހެނުންނާ! ގާތީ އުފާވެރި ދިރިއުޅުމެއް ނުލިބުމުން!

ޙާލަތެއް ދިމާވެގެންވެސް ޒަމާނީ އަންހެނަކަށް ބަދަލުވެއްޖެނަމަ ބައްދަލުވުން ގާތީ ޒަމާނީ ފިރިހެނުންނާ! ގާތީ އުފާވެރި ދިރިއުޅުމެއް ނުލިބުމުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

އަޅުގަނޑަކީ 2 ދަރިންނާއިއެކު އެކަނިވެރިވެފައިވާ މައަކީމެވެ. ދިރިއުޅެމުން މިއަންނަނީވެސް ވަރަށް ދަތި ގޮތަކަށެވެ. އަޅުގަނޑަކީ ތަޤްވާވެރިކަމުގައި ޘާބިތުވާން ަމސައްކަތްކުރާ އަންހެނަކީމެވެ. އެހެންވެ ލިބޭ ދަޢުވަތުތަކަކަށް ނުދަމެވެ. އިންނަނީ ގޭގައެވެ. ހިތަށް ހަމަޖެހުން މިހޯދަނީ ހެޔޮ ޢަމަލުކުރުމުންނެވެ.

ބައްދަލުކުރަން ބޭނުންވާ މީހުންގެ ގާތުގައި މިބުނަނީ ގެއަށް އައިސް ބައްދަލުކުރުމަށެވެ. އެހެންވެ އަންނަނީ ވަރަށް މަދުމީހެކެވެ. އަދި އައީ 2 މީހެކެވެ. އެދެމީހުންވެސް ފަހަކުން ނުގުޅައެވެ. އެކުވެރިން ބުނަނީ ޒަމާނަށް ފެތޭ އަންހެނަކަށްވެ ދަޢުވަތުތަކަށް ގޮސްގެން ނޫނީ ފިރިއަކު ނުލިބޭނެ ކަމަށެވެ. އެވާހަކަ ޤަބޫލުކުރަން އުނދަގުލެވެ. އެއީ ތެދަކަށްވިޔަސް އެގޮތަށް އުޅޭކަށް ބޫނުމެއް ނޫނެވެ.

މިއީ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ބަސްކޮޅެކެވެ. ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކިޔުންތެރިޔާގެ ނިންމުމަކީ އެންމެ ބަރާބަރު ނިންމުން ކަމަށެވެ. އަދި ތިރީގައިވާ ލިޔުމުން ޘާބިތުކަން އިތުރުކުރެއްވުމަށެވެ.

"އަޅުގަނޑުގެ ފިރިމީހާޢަކަށް އަޅުގަނޑުގެ އެއްވެސް ކުށެއް ނުދެއްކޭނެއެވެ. އެއި ދުވަހަކުވެސް ކުށެއް ނުކުރާތީއެވެ. ފިރިމީހާގެ އަޅަކަށް ހެދިގެން އޭނާ ބޭނުންވިހައި ގޮތަކަށް އުޅުނީތީއެވެ. އެކަމަކުވެސް އަޅިގަނޑުގެ ފިރިމީހާ އަޅުގަނޑު ވަރަށް ބޮޑަށް ނިކަމެތިކޮށްލައިފިއެވެ. އެކުގައި ހޭދަކުރި 20 އަހަރު ވީ ޤުރްބާނީ ހަނދާން ނައްތާލައި ވަރިކޮށްލައި ނިކަމެތިކޮށްލައިފިއެވެ.

އެކުވެރިން ބުނަނީ މިޢުމުރުގައި ދެވަނަ ކައިވެންޏެއް ކުރަން ބޭނުންވާނަމަ މިޒަމާނަށް އެނބުރެންޖެހޭނެ ކަމަށެވެ. ހިލޭ ފިރިހެނުންނާއިއެކު ކޮފީތަކަށް ދާންޖެހޭނެ ކަމަށެވެ. އެހެން ގުޅުންތައްވެސް ބާއްވަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެބުނާ އެއްވެސް ކަމެއް މިހައިތަނަކަށް އަޅުގަނޑު ނުކުރަމެވެ. ކުރާކަށް ބޭނުމެއްވެސް ނޫނެވެ.

މިޙާލަތުގައި ކަންކަން ކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް ކިޔުންތެރިޔާގެ ތިއަ އެކުވެރިންނާއި ދުރުހެލިވާށެވެ! ތިއަބާވަތުގެ ނުބައި ވަސްވާސްދޭ މީހުންނަކީ އިންށާނުންގެތެރޭގައިވާ ޝައިޠޯނުންނެވެ! ކުރިންވެސް ޘާބިތުވި ފަދައިން ﷲ ގެ މަގުގައި ޘާބިތުވާށެވެ! ދުޢާކުރަމުން ގެންދާށެވެ! ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކޮށް ހިތްވަރުލިބިގަންނާށެވެ!

އޭނާއަކީ އުމުރުން 40 ފަހަނައަޅާފައިވާ އަންހެނެކެވެ. ޢިއްފަތްތެރިއެކެވެ. ކައިވެނީގެ ބޭރުން އެއްވެސް ފިރިހެނެއްގެ ގައިގައި ބީހިފައިހުރި އަންހެނެއް ނޫނެވެ. އަދި އޭނާގެ ހަށިގަނޑަކީ ހިލޭ ފިރިހެނުންނަށްޓަކައި ފުރިހަމައަށް ފަރުދާކުރެވިފައިވާ އަންހެނެކެވެ.

އޭނާއަކީ ތަޤްވާވެރިއެކެވެ. އިސްލާމް ދީނުގައި ފުރިހަމައަށް ސާބިތުވާން ބޭނުން އަންހެނެކެވެ. އެކަމަށްޓަކައި ގަދައަޅާ މަސައްކަތްކުރާ އަންހެނެކެވެ. މަދުރެއަކު ނޫނީ ފަތިސްނަމާދު ވަގުތުގައި ފަތިސްނަމާދުކުރެއެވެ. އަދި ދަމުނަމާދުވެސް ކުރެއެވެ.

އޭނާއަށް ދިރިއުޅުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. ފިރިމީހާގެ ޢަމަލުތައްހުރިގޮތުން އެކުގައި ދިރިއުޅެވެން ނެތިގެން ކައިވެނި ރޫޅި ދެމީހުން ވަކިވާހިސާބަށްދިއައެވެ. ދެމަފިރިން ބައްދަލުނުވެ ގިނަދުވަސްތަކެއް ފާއިތުވިފަހުން ޝައިޠޯނާ އޭނާގެ ބޮލަށް ކަންތައްތަކެއް ވައްދަންފެށިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހެޔޮލަފާ މީހަކަށް ހުށަހެޅިއެވެ.

"އަޅުގަނޑުގެ ޙަޔާތުގެ ބޮޑުބައި މިހާރު މިވަނީ ނިމިފައިކަމަށް ބެލެވިދާނެއެވެ. އަޅުގަނޑުގެ އިއްފަތްތެރިކަމާއި ތަޤްވާވެރިކަމުން މިލިބުނީ ކޮންއެއްޗެއްތޯއެވެ؟ އަޅުގަނޑާއި އިދިކޮޅަށް (ތަޤްވާވެރިނޫން، ޢިއްފަތްތެރިކަން ހިމާޔަތްނުކުރާ) އަންހެނުން އެއުޅެނީ މާއުފަލުގައެވެ."

ޖަވާބުގައި އެމީހާ ބުންޏެވެ. "ކަނބުލޭގެއާއިއެވެ. ކަނބުލޭގެއަކީ މިޒަމާނުގައި ވަރަށް މަދުވާނެ ފަދަ އަންހެނެކެވެ. ޢުމުރުގެ ބޮޑުބައި އަދި ޒުވާން އުމުރު ތިއަހޭދަކުރެވުނީ ޢަރުޝީގެ ހިޔާވަހިކަން ލިބޭނެކަމަށް އުންމީދުކުރެވެން އޮތްގޮތުގައެވެ. އެއީ ކަނބުލޭގެ ރީތިކަމާއި އަދި ކަނބުލޭގެއަށް ޝައުޤުވެރިވާ އެތައް ބައިވަރު ފިރިހެނުން އާދޭސްކުރުމުންވެސް ޢިއްފަތްތެރިކަން ޙިމާޔަތްކުރީތީއެވެ. މިއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟

ދެން އޮތީ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކެވެ. ތަޤްވާވެރިކަން އިތުރުވާވަރަކަށް އެމީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވާވަރަކަށް އެމީހަކަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ވަރުގަދަކުރައްވަވަތެވެ. ވީމާ ކަނބުލޭގެއަށް ކުރިމަތިވެފައިވާ ކަންކަމަކީ އެފަދަ އިމްތިޙާންތަކަކަށްވުން ވަރަށް ގާތެވެ. ކެތްތެރިވެލާށެވެ! ހީވެސް ނުކުރެވޭހައި ބޮޑެތި ނިޢްމަތްތައް މިންވަރުކުރައްވަވާނެތެވެ. ނުލިބިގެން މިހާރު ތިއަ ކަންބޮޑުވާ ހުރިހާ އުފާތަކެއް އެތައް ގުނައެއް އިތުރަށް މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

ދެން ތިއަ ކުރިމަތިކުރި ސުވާލުގެ ޖަވާބުގައި ބުނަންއޮތީ ތިބާ ﷲ ގެ މަގުގައި ސާބިތުވުމުން ދެއްވެވިވަރު މަދީހެއްޔެވެ؟ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބުމަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ ﷲ ތަޢާލާއަށް ކިޔަމަންތެރިނުވެ އުރެދުނު މީހުން އެދުވަހު އުޅެންޖެހޭނީ ކޮން ޙާލެއްގައިކަން އެނގެނީ ކާކަށްހެއްޔެވެ؟ ދުނިޔޭގައި އުދުހިފައި އެދުވަހު ފިޔަނެތި ބަނޑުބިންމަތީގައި ހިހިލާޖެހި ނަރަކައަށް އެއްލައިލެވޭ އަޅަކަށްވާންޖެހިއްޖެނަމަ ތިއަބުނާ އެމީހުންގެ މިހާރުގެ އުފާވެރިކަން އެވީ ދުނިޔޭގައިމިވާ އަލިފާނަށްވުރެ 69 ގުނައަށް ހޫނުގަދަ ނަރަކައިގެ އަލިފާނުގައި ނޫންހެއްޔެވެ؟

ވީމާ ވިސްނާށެވެ! ތަޤްވާވެރިން އިމްތިޙާންކުރައްވަވާވަގުތު ޝައިޠޯނާ ތިއަފަދަ ވިސްނުންތައް ވިސްނައިދޭނެއެވެ. ﷲ ތަޢާލާގެ މަގުން ކައްސުވައިލަން ކުރވުނުހައި މަސައްކަތެއް ކުރާނެއެވެ. ހިތްވަރުކޮށް ސާބިތުވާށެވެ! މިހާރު ލިބިގެން ތިއަހުރި ދަރަޖަ ގެއްލިދާނެ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކުރާށެވެ! އިން ޝާ ﷲ އެއިރުން އެކަމުގެ ޖަޒާއަކީ ސުވަރުގޭގެ މަތީދަރަޖަ ކަމުގައި ލައްވަވާނެތެވެ! އިން ޝާ ﷲ

ކައިވެނި ރޫޅީގެންދާ ދުވަސްކޮޅު އެމީހަކު މަގުފުރައްދަން ޝައިޠޯނާ ގަދައަޅައި މަސައްކަތްކުރާނެއެވެ. އޭތީގެ ބަހަށް ނުހެއްލި ޘާބިތުވެވިއްޖެނަމަ އެމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް