އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު
މީހަކު ދެކެ ލޯބިވެ، އޭނާޢާއި ަކއިވެނިކުރަން ަމސައްކަތްކުރަމުން ދަނިކޮށް ކައިވެނި ނުކުރެވޭނެ ގޮތްތައް މެދުވެރިވެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެ ދެމީހުން ދުރުވެސްވެއެވެ. އަދި ބައެއް ފަހަރު ކައިވެނިކުރެވޭތަނުންވެސް ކައިވެނި ރޫޅިގެންވެސްދެއެވެ. މިފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމުގައި ފޮރުވިފައިވާ ސަބަބެއް އޮތުމަކީ ވަރަށް ގާތްކަމެކެވެ.
އެއީ އެކަންކުރަން އޮތް ގޮތް ނޫން ނަމަވެސް މިޒަމާނުގައި ގިނަ ބައަކު ކައިވެނިކުރަނީ ދެމީހުން ހަމަ ވަރަށް ބޮޑަށް ލޯބިވެގެންނެވެ. ލޯބީގެ ގުޅުން އުފެދިގެންނެވެ. އެކުގައި އެތައް ދުވަހެއް ވަންދެން ގިނަ ވަޤުތުތައްވެސް ހޭދަކޮށްފައެވެ. އެހެނަސް ކައިވެނިކުރެވޭތަނުން ނުވަތަ ދުވަސްކޮޅަކުން އެ ލޯބި ކެނޑެން މެދުވެރިވެއެވެ. އެހައި ލޯބިން ކުރި ކައިވެނި ރޫޅެން އެބަ ދިމާވެއެވެ.
މީޙާލަތު ދިމާވަން ވަރަށް ގިނަ ސަބަބުތައް މެދުވެރިވެއެވެ. އެއިގެ ތެރެއިން އެންމެ ގިނައިން މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ އެކަކަށް ނުވަތަ ދެމީހުންނަށްވެސް ފާފަކުރެވެން ފެށުމެވެ. އެހިސާބުން ކައިވެނީގެ ބަރަކާތް ކެނޑިގެންދަނީއެވެ.
މިކަން މިހެންވުމަށް މެދުވެރިވާ އިތުރު ސަބަބެއްވެސް އޮވެއެވެ. އެއީ ފާފަކުރާ މީހާގެ ކިބައިން އަނެކާ ސަލާމަތްކުރެއްވެވުމެވެ. ވީމާ ކައިވެނިތައް ސަލާމަތްކޮށް ލޯބިން ދިރިއުޅެން ބޭނުންނަމަ ދެމީހުންކުރެ އެކަކުވެސް ފާފަނުކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތް އިތުރުވެ ދެމީހުންގެ މެދުގައި ލޯބިއިތުރުވާނީ އެއިރުންނެވެ.
By the One in whose Hand is the soul of Muhammad, two people do not love one another and then get separated except by a sin performed by one of them. (Ahmad- Sahih
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 ޖޫން 2025