އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވިޔަސް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަކީ އެކަމެއް ޙާޞިލުވުމަށް މަގުފަހިވެގެންދާކަމެއް! އިން ޝާ ﷲ

ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވިޔަސް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަކީ އެކަމެއް ޙާޞިލުވުމަށް މަގުފަހިވެގެންދާކަމެއް! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ކޮންމެ ކަމަކަށް ބޭނުންވިޔަސް ޞަދަޤާތް ކުރަން އެބުނަނީ ކީއްވެގެންތޯ؟

ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ބޭނުންވިޔަސް ޛިކުރުކުރުން ގިނަކުރުމަށާއި، ގިނަގިަނއިން ތައުބާވުމަށާއި އަދި ޞަދަޤާތް ދިނުމަށް ބުނެވެނީ އެކަންކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންކަން ކަމަށްވާތީއެވެ. އެކަންކަން ކުރާނަމަ އެމީހާ ބޭނުންވާ ކަންކަްނ ފަސޭހައިން ޙާޞިލްވާކަން ތަޖުރިބާއިން އެނގޭތީއެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

"ރަމަޟާން މަހުގެ ކުރީކޮޅު ރޯދަވީއްލި ވަގުތު ޒުވާނަކު ބަހެއްގައި ތިބި މީހުންނަށް ކަދުރުބެހިއެވެ. ޕެކެޓުގައި ލިޔެފައިވެއެވެ. "އަހަރެންނަށް އޭނާ އާއި ކައިވެނިކުރެވޭތޯ ދުޢާކޮށްދޭށެވެ!" ރަމަޟާން މަސް ނިމުނުއިރު އޭނާގެ ބޭނުންވަނީ ޙާޞިލުވެފައެވެ! އަލްޙަމްދުލިﷲ"

މިއީ މީގެ 5 އަހަރުވަރުކުރިން ބައެއް ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ޢާންމުވެގެންދިއަ ވާހަކައެކެވެ. އެހަނދާންހުރި މީހުން މިއަދުވެސް ބައިވަރެވެ.

ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކޮންމެ ކަމަކަށް އެދިގެންވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ފަދަ ޢަމަލުތައްކުރުން ގިނަކުރާށެވެ! އިން ޝާ ﷲ އެކަމެއް ހިންމަވައިދެއްވަވާކަން އަބަދުވެސްދަނީ ފެންނަމުންނެވެ.

ބައެއް ކަންކަން ވަރަށް އަވަހަށެވެ. އަނެއްބައި ކަންކަން އެކަމެއް ވުމަށް އެކަލާނގެ އިރާދަކުރައްވަވާ ވަޤުތު ޖެހުމުންނެވެ. އަހުރެމެންނަށް އޮތީ ހިންމަވައިދެއްވަވާނެ ކަމުގެ ޔަޤީންކަމުގައި ތިބެގެން ވީހައިގިނައިން ހެޔޮ ޢަމަލުތައް ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް