އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ މަސައްކަތުން ހޯދާ ފައިސާ އަނބިމީހާގެ ރުހުމާނުލާ ބޭނުންކުރުމުގެ ޙައްޤު ފިރިންނަކަށް ނެތް! ކޭޝްކާޑު ދޭކަށްވެސް ނުޖެހޭނެ!: ޝައިޚް ޢާޞިމް އަލް ޙަކީމް

އަނބިމީހާގެ މަސައްކަތުން ހޯދާ ފައިސާ އަނބިމީހާގެ ރުހުމާނުލާ ބޭނުންކުރުމުގެ ޙައްޤު ފިރިންނަކަށް ނެތް! ކޭޝްކާޑު ދޭކަށްވެސް ނުޖެހޭނެ!: ޝައިޚް ޢާޞިމް އަލް ޙަކީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 32 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ސުވާލު:

"އައްސަލާމް ޢަލައިކުމް، ޝައިޚް. އަޅުގަނޑުގެ ކައިވެނީގެ ދިރިއުޅުމާ ގުޅޭގޮތުން މަޝްވަރާއެއް ބޭނުންވެގެން މި ދަންނަވަނީ. އަޅުގަނޑަކީ މަސައްކަތްކުރާ އަންހެނެއް. އަދި الحمد لله، ރަނގަޅު އާމްދަނީއެއްވެސް ލިބޭ. ނަމަވެސް މައްސަލައަކީ އަޅުގަނޑުގެ މުސާރަ ޖަމާވާ އެކައުންޓާއި އޭޓީއެމް ކާޑު ބަލަހައްޓަނީ އަޅުގަނޑުގެ ފިރިމީހާ.  

އަޅުގަނޑުގެ މައިންބަފައިންނަށް އެހީތެރިވުމަށް ފައިސާ ބޭނުންވާއިރު، އަޅުގަނޑުގެ ފިރިމީހާ އެކަން ކުރަނީ އޭނާގެ ނަމުގައި. އަދި އޭނާގެ މައިންބަފައިންގެ ކުރިމަތީގައި އަޅުގަނޑަށާއި އަޅުގަނޑުގެ މައިންބަފައިންނަށް އިޙްތިރާމް ކުޑަކޮށް މުޢާމަލާތްކުރޭ. މީގެ އިތުރުން، އަޅުގަނޑަށް އަނިޔާކުރުމާއި، އަޅުގަނޑުގެ އަމިއްލަ ޚަރަދުތަކަށް ފައިސާ ނުދިނުންފަދަ ކަންކަން ކުރޭ.  

އަދި ފަހަކަށްއައިސް އެނގުނު ގޮތުގައި އޭނާ އަޅުގަނޑުގެ ރަޙްމަތްތެރިއަކާއެކު ސިއްރު ކައިވެންޏެއް ކޮށްފައިވޭ. މިހާރު އޭނާ ބުނަނީ މިކަން ޤަބޫލުކުރުމަށް. އަޅުގަނޑު ވަރަށް މަސައްކަތްކޮށްފީމު ގޭތެރޭގެ ކަންކަމުގައާއި ވަޒީފާގައި. ނަމަވެސް އޭނާ އަޅުގަނޑާމެދު ހިތްހަމައެއް ނުޖެހޭ. މިހާރު އަޅުގަނޑު ބޭނުންވަނީ ޚުލްޢު ހޯދަން. ނަމަވެސް ތިޔަ ބޭފުޅާގެ ވީޑިއޯއެއްގައި ވިދާޅުވެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އަންހެނަކު ޚުލްޢު ހޯދައިފިނަމަ އޭނާއަށް ސުވަރުގެ ނުލިބޭނެ ކަމަށް. އަޅުގަނޑުގެ ޙާލަތުގައި ޚުލްޢު ހޯދުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއްތޯ؟ އަދި މިކަމުގައި އަޅުގަނޑު ޢަމަލުކުރަން ވާނީ ކިހިނެއްތޯ؟"                

ޝައިޚްގެ ޖަވާބު: 

"އާދެ، ފާތިމާ، ތިބާގެ ހާލަތު ތަފާތުވުމުގެ ސަބަބުން އެ ޙަދީޘް ތިބާއަށް ނުހިނގާނެއެވެ. އެ ޙަދީޘް ހިނގާނީ އެކަށީގެންވާ ސަބަބެއް ނެތި ވަރިވާން އެދޭ އަންހެނުންނަށެވެ. އެފަދަ އަންހެނުންނަށް ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ. 

ނަމަވެސް ތިބާގެ ހާލަތަކީ މުޅިން ތަފާތު ކަމެކެވެ. ތިބާ ކައިވެނިވެގެން އުޅެނީ ފައިސާއަށް ދަހިވެތިވެފައިވާ މީހަކާއެވެ. އެހެންކަމުން، ތިބާއަށް ވަރިވުމުގެ ހުރިހާ ޙައްޤެއް ލިބިގެންވެއެވެ. 

މި ހާލަތުގައި އަޅުގަނޑުގެ ލަފާއަކީ: 

އެންމެ ފުރަތަމަ ކަމަކަށް، އެއްވެސް އެއްޗެއް ނުބުނެ ބޭންކަށް ގޮސް ކުރީގެ އޭޓީއެމް ކާޑު ބާޠިލުކޮށް، އައު ކާޑެއް ހައްދާށެވެ. އެ ކާޑު ތިބާގެ އަތުގައި ރައްކާތެރިކަމާއެކު ބާއްވާށެވެ! އެއްވެސް މީހަކަށް އެ ކާޑު ނުދޭށެވެ. އަދި އެއްވެސް މީހަކަށް ޕިން ކޯޑު ބުނެނުދޭށެވެ!

ދެވަނަ ކަމަކަށް، ތިބާގެ ފިރިމީހާއާއެކު ދިރިއުޅުން ވަޒަންކޮށް، އޭނާއަށް ސާފުކޮށް ބުނާށެވެ: "މިހާރު ފުދެއްޖެ. ތިބާ ބިލްތައް ނުދައްކަވާ. ތިބާ އަހަރެންގެ އަދި ދަރިންގެ ދިރިއުޅުމަށް ޚަރަދެއް ނުކުރޭ. އަހަރެން ގޭގެ އެއްވެސް ކަމަކަށް ފައިސާ ނުދޭނަން. އެއީ ފިރިހެނެއްގެ ހައިސިއްޔަތުން ތިބާގެ ޒިންމާއެކެވެ." 

ހަނދާންބަހައްޓަންވީ ކަމަކީ، އަނބިމީހާގެ މާލީ ކަންކަން ފިރިމީހާއާ ހަވާލުކުރާކަށް ނުޖެހެއެވެ. އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވެ، ހެޔޮކޮށް ހިތައި، ގޭތެރޭގައި ޚިދުމަތްކުރަން ޖެހުނު ނަމަވެސް، މާލީ މިނިވަންކަން ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. މިއީ ކުރިމަގުގައި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ." 

"އަޅުގަނޑު އަބަދުވެސް ފިރިހެނުންނަށާއި އަންހެނުންނަށް އިރުޝާދު ދެނީ ، ކިތަންމެ ބޮޑަށް ލޯބިވި ނަމަވެސް، އަމިއްލަ މާލީ ކަންކަން ވަކިން ބެލެހެއްޓުމަށެވެ. ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ލޯބިވި ނަމަވެސް، އަމިއްލަ އާމްދަނީ، ޚަރަދު އަދި ލޯނުތަކުގެ މަޢުލޫމާތު ހާމަކުރުމަކީ ލާޒިމު ކަމެއް ނޫނެވެ. އަދި އެކަކު އަނެކަކުގެ ހަމްދަރުދީ ހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، އަމިއްލަ ޒިންމާތައް އަދާކުރުމަށް އިސްކަންދޭށެވެ. 

އަންހެނުންނަށް ވެސް އަޅުގަނޑުގެ ނަސޭހަތަކީ، އަމިއްލަ މާލީ މަޢުލޫމާތު، ބޭންކު އެކައުންޓުތަކުގެ ތަފްސީލު، އާމްދަނީ އަދި ރައްކާކުރާ މިންވަރު ފަދަ ކަންކަން ފިރިމީހާއާ ހިއްސާކުރުން ލާޒިމެއް ނޫނެވެ. މީގެ އިތުރުން، އަމިއްލަ އީމެއިލް، މޯބައިލް ފޯނު، އިޖްތިމާޢީ ވިއުގަތަކުގެ އެކައުންޓުތަކުގެ ޕާސްވޯޑަށް ވެސް ރައްކާތެރިވާންވާނެއެވެ.

ކައިވެނީގެ ގުޅުން ބިނާވެފައި އޮންނަންވާނީ ޢިއްޒަތާއި، އިޙްތިރާމާއި، ރަޙުމަތްތެރިކަމާއި، އިތުބާރާއި، އެކަކު އަނެކަކުގެ ޙައްޤުތަކާއި ވާޖިބުތައް އެނގުމުގެ މައްޗަށެވެ. މި އަސާސްތަކާ ޚިލާފަށް ޢަމަލުކުރުމަކީ ގުޅުމުގެ ނަހަމަ ބޭނުން ހިފުމެވެ. އަދި ބަލިކަށި އަދި ނިކަމެތި މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. 

އެހެންކަމުން، އަމިއްލަ ޙައްޤުތަކަށް ހޭލުންތެރިވެ، އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމަށް ހިތްވަރު ދެމެވެ. މިފަދަ ނުރަނގަޅު ގުޅުމަކުން ސަލާމަތްވުމަށް ނިންމުމަކީ މުހިންމު ކަމެކެވެ. އިރާދަކުރެއްވިއްޔާ ﷲ ތިޔަ ބޭފުޅާއަށް ރަނގަޅު މަގެއް ދައްކަވާނެއެވެ."

 

- ޝައިޚް ޢާޞިމް އަލްޙަކީމް 

Advertisement

ކޮމެންޓް ކުރެއްވުމަށް