އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ އެއެއްޗެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ފުރާނަ ތިބާއާއެކު އެވަނީ ތިބާއަށް ރުހިގެންތަ؟: ބިލާލް އައްސަދު

ތިބާ އެއެއްޗެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ފުރާނަ ތިބާއާއެކު އެވަނީ ތިބާއަށް ރުހިގެންތަ؟: ބިލާލް އައްސަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

އަހަރެމެންގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ގެއަށް ކިތަންމެ ގިނަ ވައްތަރުތަކުގެ ކާބޯތަކެތިވެސް ވައްދާފައި ބެހެއްޓިދާނެއެވެ. އެތަކެތި އެއިރުން ހުންނާނީ އަތްފޯރާފަށުގައެވެ. ބޭނުންވަރަކަށް ކައިބޮއިހަދަންވީއެވެ. 

ނަމަވެސް ޞިއްޙަތަށް ފައިދާކުރާނެ ގޮތަށް ކައިބޮއިހަދާނަމަ އެއްވެސް މީހަކު އަބަދަކު ނުކާނެއެވެ. ކާނީ ކެއުމަށް ހަމަޖެހިފައިވާ ވަޤުތުތަކުގައެވެ. އެއީ އެތަކެތި ޙަޖަމްކުރަން ހަށިގަނޑުގެ ގުނަވަންތަކަށް ވަޤުތުދޭންޖެހޭތީއެވެ. 

އަހުރެމެންގެ ފުރާނައަށްވެސް މިކަން ބޭނުންވެއެވެ. އަހަރެމެންނަށް އިޚްތިޔާރު ދެއްވަވާފައި އޮތުމުން ތިމާކުރާ ހުރިހާ ކަމަކީ ދުނިޔެ ހޯދަން ކުރާ ކަންކަމުގައި ހަދައިގެން ދިރިއުޅޭ މީހަކަށް އެކަމުގެ ފައިދާއެއް ނުކުރާނެއެވެ. އެހެނީ ފުރާނަ އެންމެ ބޮޑަށް އެދޭނީ ކޮންމެ ދުވަހަކުވެސް އަދި ރޭގަނޑަކުވެސް ﷲ ތަޢާލާއަށް ޚާއްޞަ ވަޤުތުކޮޅެއް ދިނުމަށެވެ. 

އެހެންވީމާ ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތައް ކުރުމުގައި އަދި ޛިކުރުކުރުމުގައި ހޭދަކުރާ ވަޤުތަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަކުރެވޭ ވަޤުތު ކަމުގައި ހަދަން އެބަޖެހެއެވެ. އެއިގެ އިތުރުންވެސް ފުރާނަ އެދޭ ވަރަށް ބޮޑުކަމެއްވެއެވެ. އެއީ މީސްތަކުން ނިދުމުން އެހެން މީހުންނަށް ނުއަންގައި ސިއްރުން ﷲ ތަޢާލާއަށް ވަޤުތުކޮޅެއް ޚާއްޞަކުރުމެވެ. އެކަން ކުރުމަށް އޮތްވަޤުތަކީ ރޭގަނޑުގެ ވަޤުތެވެ. 

މީސްތަކުންނޭވެ! ހަށިގަނޑު ރަނގަޅު ގޮތުގައި ބަހައްޓަން ކާނާ ބޭނުންވެއެވެ. ޞިއްޙީ ގޮތުން ފައިދާކުރާނެ ކާނާ ކާންއެބަޖެހެއެވެ. ހަމައެގޮތަށް ފުރާނަ، އެންމެ ރަނގަޅު ގޮތުގައި ވުމަށްޓަކައި ފުރާނައަށްވެސް ކާނާ ބޭނުންވެއެވެ. ފުރާނައިގެ ކާނާއަކީ މިބުނި ފަދައިން ﷲ ތަޢާލާއަށް ދެވޭ ވަޤުތުތަކެވެ. އެކަން ނުކޮށް ފުރާނައަށް ދުޅަހެޔޮކަމެއް ނުލިބޭނެއެވެ. 

މީސްތަކުންނޭވެ! ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލައި ރޭއަޅުކަންކުރާ މީހުންނާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވަނީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ. ތިމާއަކީ ތިމާއާއިމެދު ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާ އަޅަކަށްވާން މަސައްކަތްކުރާށެވެ. އެކަން ޙާޞިލްކުރެވެން އޮތް މަގުވެސް މިބަޔާންކުރީއެވެ. ތިމާއަކީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށް ވެވިއްޖެނަމަ އެމީހަކަށް ދުނިޔޭގައިވެސް އާޚިރަތުގައިވެސް އޮންނާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ނޫން ކޮންކަމެއް ހެއްޔެވެ؟ 

މިހުރިހާ ވާހަކަތަކެއް ދައްކަން މިޖެހެނީ ފުރާނައަށް ބޭނުންވާ ކާނާ ދިނުމުގައި ގިނަބައަކު ފޭލްވަމުންދާތީއެވެ. ނަމާދާއި އަޅުކަމަށް، ވަކިންޚާއްޞަކޮށް ރޭއަޅުކަމަށް ވަޤުތުނުދެވޭތީއެވެ. އެއްގޮތަކަށްވެސް އެހެން ނުހަދާށެވެ! ފުރާނައަށް ބޭނުންވާ ކާނާދީ ދުޅަހެޔޮކަންމަތީގައި ބަހައްޓަން މަސައްކަތްކުރާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް