އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަދާ ސިޙުރު ހޯދުމަށާ އެސިޙުރުގެ މަޤްޞަދު ދެނެގަންނަން ކަންތައް ކުރަންވީ ގޮތް-

ހަދާ ސިޙުރު ހޯދުމަށާ އެސިޙުރުގެ މަޤްޞަދު ދެނެގަންނަން ކަންތައް ކުރަންވީ ގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 18 މިނެޓް, 0 ސިކުންތު

އަޅުގަނޑުމެން ދެމަފިރިން ލޯބިން އެކުގަ އުޅޭތީ ކަންބޮޑުވާ މީހުން އެކުވެރިންނާ ޢާއިލާހެ ތެރޭގައިވެސް ގިނަވެ މިހާރު ކަމަކަށް އޮތީ ސިޙުރު ހެދުމެވެ. މިޙާލަތުގައި އެސިހުރު ހުރިތަނަކާ އެއީ މީހަކަށް ނޫނީ ގެޔަކަށް ކޮށްފަހުރި ކަމެއްތޯ ދެނެގަންނަން ކަންތައް ކުރަންވީ ގޮތަކީ ކޮބައިތޯ؟ 

ތިޔަ ސުވާލުގެ ޖަވާބުގައި އައްރާގީ އަޖްނާދު ޢަލީ- ޙަފިޡަހުﷲ- ލިޔުއްވާފައިވެއެވެ. 

މިކަމަށްޓަކައި އަހަރެމެން އީމާންކަމުގެ އަހުލުވެރީން ހިފުންއެންމެ ހެޔޮކަން ބޮޑު ގޮތަކީ ﷲ އާއި ވީހާވެސް ގާތް، އެކަލާނގެއަށް ބޮޑަށްކުއްތަންވަނިވި ގޮތެކެވެ. އެގޮތުން އެންމެ ހެޔޮވެގެންވާ ކަމަކީ، ދަމުނަމާދު ކުރުމަށްފަހު ދުޢާކުރުމެވެ. އެހެނީ އެވަގުތަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާދުނިޔޭގެ އުޑަށް ނާޒިލްވެވޮޑިގަންނަވާ ވަގުތެވެ. އަދި އެއިލާހުއަންގަވާފައިވަނީ "ތިމަން ﷲ އަށް ދަންނަވާށެވެ، ތިމަން ﷲ އިޖާބަކުރައްވާހުށީމެވެ." މިފަދައިންނެވެ. ވީއިރު ކޮންމެ ކަމަކަށްވެސް ގިނައިންދުޢާކުރުން ހުއްޓެވެ. 

ރުޤްޔާގެ އަހުލުވެރިންނާއި ޢިލްމުވެރީންވެސް ސިޙުރުހޯދުމުގައި ބޮޑަށް ތަޖުރިބާ ކުރައްވާ އިތުބާރު ކުރައްވާ މަގަކީ، ދަމުނަމާދަށްފަހު، އެ ސިޙުރު ހުރިތަނެއް ދެއްކެވުމަށާއި، އެސިޙުރުބާޠިލުކުރެއްވުން އެދި ދެންނެވުމެވެ. މިކަން ކުރާނީ ބަލިމީހާއެވެ. އަދިރުޤްޔާ ކުރާމީހާވެސް މިފަދައިން ކަންކުރުން ހެޔޮވެގެންވެއެވެ. 

ކޮންމެއަކަސް ސިޙުރު ހުރިތަން ދެނެގަނެ އެސިޙުރެއްހޯދިއްޖެނަމަ ، އެސިޙުރެއްގެ އަސަރު ކަނޑުވާލަން އެންމެ ފަސޭހަގޮތް ވީއެވެ. އެހެންކަމުން މިކަމަށްޓަކައި ރުޤްޔާގެ އަހުލުވެރިން، ޝިރުކު ނުހިމެނޭގޮތްތަކަށް އެކި ރުޤްޔާތައް ތަޖުރިބާ ކުރައްވައެވެ. އަދި ތަޖުރިބާއަކީކޮންމެ ފަހަރަކު އެއްގޮތަކަށް ހުރިހާ އެންމެންނަށް ދިމާވާނެ ކަމަކަށްނުވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ތަޖުރިބާ ޙިއްސާކުރަނީ، އެއީއެކަމުގައި އޮތް ހަމައެކަނި ގޮތްކަމުގައި ނުދެކުމަށާއި އެހެންނަމަވެސް ތަޖުރިބާވެފައިވީތީ ކަން ކުރެވިދާނެ އެކި ގޮތްގޮތް ބަޔާން ކޮށްދިނުމުގެގޮތުންނެވެ. މިގޮތުން މިކަމުގައިވެސް އަޅުގަނޑު އަދި ބައެއް އެހެންވެސްރުޤްޔާގެ އަހުލުވެރީން ތަޖުރިބާ ކުރައްވާފައިވާ ބައެއް ކަންކަން ޙިއްސާކޮށްލާނަމެވެ. 

1-  ބަލިމީހާ ކައިރީ ރާޤީއަކު ކިޔަވައިގެން ދެނެގަންނަންބޭނުންނަމަ (ބަލިމީހާއަމިއްލައަށްވެސް މިކަން ކުރެވޭނެއެވެ):

ރުޤްޔާކިޔެވުމުން ބަލިމީހާގެ ހަށިގަނޑުގައި ސިޙުރު ހުރިކަން ޔަޤީން ވެއްޖެ ނަމަ، ދެން އެއީ ކޮންބާވަތެއްގެ ސިޙުރެއްތޯ ދެނެގަނެވޭ ގޮތެއް ވެއެވެ. އެގޮތަކީރުޤްޔާ ކިޔެވުމުން ސިޙުރު ހުރިކަން ޔަޤީން ވުމުން، ޖިންނި ހާޒިރު ވިޔަސް ނުވަތަ ނުވިޔަސް (ބޮޑަށް އެދެވިގެންވަނީ، ޖިންނި ހާޒިރު ނުވެ، އެހެންނަމަވެސް ރުޤްޔާ ކިޔެވުމުން އުނދަގޫތައްވާ ޙާލަތުގައި) ތިރީގައިވާދުޢާތައް، ފަހަރަކު ދުޢާއެއް ތަކުރާރު ކުރާނީއެވެ. މިގޮތަށް ތަކުރާރުކުރުމުން ބަލިމީހާއަށް ބޮޑަށް ތަކުލީފުވަނީ ކޮން ދުޢާއަކުންތޯބަލާނީއެވެ. އަދި އެކަމަކާ ބޮޑަށް ގުޅޭ ގޮތަށް ފަރުވާ ކުރާނީ އެވެ.

1- اللهمَّ اَبْطِلْ كُلُّ سِحْرٍ مَأَكُولٌ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ކާންދީފައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާ ތަކުރާރުކުރުމުން ބޮޑަށް އުނދަގޫވާނަމަކާންދީފައި ހުރިކަމަށް ބަލައި ކާންދީފައިވާ ސިޙުރު ބޭރުކުރުމަށް ކުރެވޭފަރުވާތައް ކުރެވިދާނެއެވެ.)


2-
اللهمَّ اَبْطِلْ كُلُّ سِحْرٍ مَدْفُونٌ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ވަޅުލާފައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން އުނދަގޫވާނަމަ، ސިޙުރުވަނީ ވަޅުލާފައިކަމުގައި ބެލެވިދާނެއެވެ.)

3- اللهمَّ اَبْطِلْ كُلُّ سِحْرٍ مَرْشُوسٌ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ވިއްސާފައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ސިޙުރު ހެދުމަށްފަހު ދިޔާ އެއްޗެއް ވިއްސާފައި ހުރި ކަމަށް ބެލެވިދާނެއެވެ)

4- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْبَيْتِ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ގޭގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގެއަށް ސިޙުރު ހަދާފައި ހުރިކަމުގައިބެލެވިދާނެއެވެ)

5- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْبَحْرِ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ކަނޑުގައިވާ/ކަނޑަށް ހަދާފައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ކަނޑަށްސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)

6- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْقِبْرِ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ޤަބުރުގައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، މަހާނައަށްނުވަތަ ޤަބުރުސްތާނުގައި ސިޙުރު ހަދާފައި ހުރިކަމުގައި ބެލެވިދާނެއެވެ.)

7- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الأَرْضِ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ. ބިމުގައިވާ ކޮންމެ ސިޙުރެއް ބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫވާނަމަ، ބިމުގައި ވަޅުލާފައި ނުވަތަ އެނޫންވެސްގޮތަކަށް ބިންގަނޑުގައި ސިޙުރު ހުރީ ކަމުގައި ބެލެވިދާނެއެވެ)

8- اللهمَّ اَبْطِلْ كُلُّ سِحْرٍ فِي الْعُقَدِ :

މާނައީ: ހައްދަވާގެންގުޅުއްވާ އިލާހެވެ، ގޮށްގޮށުގައިވާ/ގޮށުގެތެރޭގައިވާ ކޮންމެ ސިޙުރެއްބާޠިލުކޮށްދެއްވާނދޭވެ. (މިދުޢާއިން ބޮޑަށް އުނދަގޫ ވާނަމަ، ގޮށްޖަހައިގެން ހަދާފައިވާ ސިޙުރެއް ކަމުގައި ބެލެވިދާނެއެވެ.)

- މިދުޢާތައް ތަކުރާރުކޮށް ކިޔެވުމުން އުނދަގޫ ބޮޑުވާ ދުޢާތައްފާހަގަކުރާށެވެ. އަދި ފަރުވާގެތެރޭގައި ގިނައިން އެދުޢާތަކެއްތަކުރާރުކުރާށެވެ. އަދި މިގޮތުން ގެއަށް ސިޙުރު ހަދާފައި ހުރި ކަމަށްބެލެވިއްޖެ ނަމަ ސިޙުރުބާޠިލުކުރުމަށް ފެނަށް ކިޔަވާ މުޅި ގެއަށް އެފެންވިއްސާށެވެ. އަދި އޭގެ އިތުރުން، ބަލިމީހާ ގޭގެ ދޮރުމައްޗާއި ، ގޭގެކަންތަކާއި، ސިޙުރު ހަދާފާނެކަމަށް ބެލެވޭ ތަންތަނުގައި މަޑުކޮށްލައިގެންހުރުމުން، އެތަނެއްގައި ސިޙުރު ހުރިނަމަ އުނދަގޫ ބޮޑުވާކަންފާހަގަވެފައިވެއެވެ. މިގޮތުން ފާހަގަ ކުރެވޭ ތަންތަނަށް ވަކިންކިޔެވުމަށްފަހު ފެން އަޅާށެވެ. އަދި މިއިން ކޮންމެ ގޮތަކަށް ސިޙުރުހަދާފައި ހުރިނަމަވެސް، އަދި އެސިޙުރެއް ނުފެނުނު ނަމަވެސް ސިޙުރަށް ކުރާފަރުވާތައް ކުރާށެވެ. 

2- ބަލިމީހާ ތިރީގައިވާ އާޔަތްތައް ގިނައިންތަކުރާރުކޮށް ކިޔަވާށެވެ، ބޮޑަށް އެދެވިގެންވަނީ ނިދަން ވުމުން ކިޔެވުމެވެ. އަދި ކިޔެވުމަށްފަހު އެސިޙުރު ހުރިތަނެއް ދެއްކެވުން އެދި ދުޢާކުރާށެވެ.މިގޮތަށް ކަންކުރުމުންވެސް ސިޙުރު ހުރިތަން ހުވަފެނުގައި ފެނިފައިއެބަހުއްޓެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ކަންތައް ކުރާށެވެ.

1- وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾ سورة الأنعام: 59
2-
سُبْحَانَكَ لَا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا ۖ إِنَّكَ أَنتَ الْعَلِيمُ الْحَكِيمُ ﴿٣٢﴾ سورة البقرة : 32
3-
قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص
4-
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
سورة الفلق
5-
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس 

އާޔަތްތަކުގެ ތަރުޖަމާ: 

1- އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި،ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެއަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް،ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީނުވެތެވެ.

2- އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! އިބަރަސްކަލާނގެ އަޅަމެންނަށްއުނގަންނަވައިދެއްވި އެއްޗެއް މެނުވީ، އަޅަމެންނަކަށް އެނގުމެއް ނުވެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަރަސްކަލާނގެއެވެ.

3- ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަﷲ އެވެ. (1) ﷲއީ އެންމެހާތަކެތި އެއިލާހުއަށް ބޭނުންތެރި ވެގެންވާ އަދި އެއްވެސް އެއްޗަކަށްއެއިލާހު ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. (2) އެއިލާހުއަކަށްއެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށްއެއިލާހު އުފަންވެ ވޮޑިގެނެއް ނުމެވޭމެއެވެ. (3) އަދި އެއިލާހުއާއެއްފަދަވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. (4)
4-
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިއިލާހު حضرةން ތިމަންކަލޭގެފާނުރައްކާތެރިކަން ލިބިގަންނަމެވެ.(1) އެއިލާހު ހައްދާވާފައިވާ ތަކެތީގެނުބައިކަމުންނެވެ. (2) އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު،އެރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.(3) އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: سحرހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ. (4) އަދި حسدވެރިޔަކު حسدވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުން ވެސްމެއެވެ. (5)
5-
ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިއިލާހު حضرةންރައްކާތެރިކަން ލިބިގަންނަމެވެ. (1) (އެއިލާހުއީ) މީސްތަކުންގެ ރަސްވަންތަރަސްކަލާނގެއެވެ (2) . (އެއިލާހުއީ) މީސްތަކުންގެ إلهވަންތަރަސްކަލާނގެއެވެ. (3) ފިލައިހުރެ ވަސްވާސްދޭ شيطانއާގެ ނުބައިކަމުންނެވެ. (އެބަހީ: شيطانއާގެ ނުބައިކަމުން އެއިލާހު حضرةން ރައްކާތެރިކަންލިބިގަންނަމެވެ.) (4) އެ (شيطانއާ) އެއީ މީސްތަކުންގެ ހިތްތަކުގައިވަސްވާސް އުފައްދާ شيطانއާއެވެ. (5) ޖިންނީންގެ ތެރެއިންނާއި،މީސްތަކުންގެ ތެރެއިންވާ شيطانންނެވެ. (6) 

ސިޙުރު ހުރިތަން މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދިމާތް ﷲ ވަޙީކުރައްވާފައިވަނީ "އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، ސިޙުރުވެރިޔާ ކާމިޔާބު ނުވާނެއެވެ” މިފަދައިންނެވެ. އެހެންކަމުން ﷲ އާމެދު އެޔަޤީންކަން ބާއްވާށެވެ. އަދި އެއާއެކު ފަރުވާކުރުމާއި، ވަކީލް ކޮށް ގިނައިން ދުޢާކުރުމާއި ޛިކުރުކުރުން ގިނަކުރާށެވެ.މިރުޤްޔާއަކީ މިކަމަށްޓަކައި ކުރެވޭނެ ހަމައެކަނި ރުޤްޔާއެއް ނޫނެވެ. އަދިހަމައެކަނި ބޭނުން ކުރެވޭނީ މިއާޔަތްތަކެއްވެސް ނޫނެވެ. މިއީ އެހީއެއްގެގޮތުން ބަޔާންކޮށްފައިވާ ތަޖުރިބާ ތަކެކެވެ. ލާޒިމްކޮށް ޝަރުޢުކުރުމުގެގޮތުން ލިޔެފައިވާ ކަންކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ.  ޝިފާދެއްވާ ފަރާތަކީ ހަމައެކަނި ﷲ އެވެ. އަދި ޣައިބު ދެނެވޮޑިގެންވާ ފަރާތަކީހަމައެކަނި ﷲ އެވެ، އެކަލާނގެ ކަޝްފުކުރެއްވި ކަމެއް މެނުވީއަހަރެމެންނަކަށް، ނޭނގޭނެއެވެ. އެހެންކަމުން އަހަރެމެން ދަންނަވަންވީ ހަމައެކަނި މާތް ﷲ އަށެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް