އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ގިނަ ޤައުމުތަކުން ބަލައިގަތް: ޚާރިޖީ ވަޒީރު

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ގިނަ ޤައުމުތަކުން ބަލައިގަތް: ޚާރިޖީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ދިވެހިރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ގިނަ ޤައުމުތަކުން ބަލައިގަނެފައިވާކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު މި ވާހަކަ ވިދާޅުވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރެއެވެ. އަދި މިއީ ރައްޔިތުން އެދުނު ބަދަލެއްކަމަށާއި، ކުޑަ ޤައުމަކުން މިފަދަ ނިންމުމެއް ނިންމީ ފުރަތަމަ ފަހަރަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ނިންމުމުން އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ރައީސް މުޢިއްޒު އިބްރާހީމްގެ އަޒުމް ދައްކުވައިދެއެވެ. އަދި ފަލަސްޠީނާއި ދިވެހިންގެ ގުޅުން ވަރަށް ވަރުގަދަކަން މި ނިންމުމުން ސާބިތުވެއެވެ," ޑރ. ޚަލީލް ވިދޚަލީލް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިއީ ދިވެހިންގެ މަސްލަހަތު އިސްކޮށްގެން ނިންމި ނިންމުމެކެވެ. އަދި މި ނިންމުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މުހިންމު ބަދަލެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ނިންމުން ނިންމާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެންނެވެ. މި ނިންމުމަކީ ދުމަކީ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް ޚާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު