އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުވުމުން މަސް ބޭނޭވަރަކަށް މިހާރު ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެ: ވަޒީރު ޝިޔާމް

ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުވުމުން މަސް ބޭނޭވަރަކަށް މިހާރު ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެ: ވަޒީރު ޝިޔާމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ކޯލްޑް ސްޓޯރޭޖްގެ ދަތިކަން ހައްލުކުރެވިއްޖެނަމަ މަސް ބޭނޭވަރަކަށް މިހާރު ބޭރުކުރާ ބޭރުކުރުން ހިފަހައްޓާލެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، މިހާރު މަސް ބޭރުކުރަނީ ގަންނަ ކުންފުނިތަކުން ބޭނުންވެގެން ނޫނެވެ. އޭގެ ސަބަބުން މަހަށް ހަމަ އަގު ހޯދުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ކޯލްޑް ސްޓޯރޭޖްތައް އެޅުމުން މަހަށް ރަނގަޅު އަގެއް ހޯދުމަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރެވި މަސް ހިފަހައްޓާލެވޭ ކަމަށްވާނަމަ ރަނގަޅު އަގެއް ލިބޭނެ," ވަޒީރު ވިދާޅުވިއެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ގދ. ތިނަދޫގައި ޤާއިމްކުރާ ފެސިލިޓީ ނިންމުމަށް ކުރަންޖެހޭ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ހދ. ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތްވެސް ކޮންޓްރެކްޓަރާ ގުޅިގެން އަވަސްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެން މި އުންމީދުކުރަނީ މިއަހަރު ނިމުމުގެ ކުރިން ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްވެސް އަޅުގަނޑުމެންނަށް އޮޕަރޭޝަނަށް ގެނެވޭނެ. އަދި ހަމަ އެއާއިއެކު ތިނަދޫގެ ކޯލްޑް ސްޓޯރޭޖްވެސް އަޅުގަނޑުމެން އޮޕަރޭޝަންއަށް ގެންނަން ބޭނުން," ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް ރަނގަޅު އަގެއްގައި މަސް ވިއްކޭނެ ކަމަށް އުންމީދުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު