އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް ވަރަކަށް ލޯބިނުވާއިރުވެސް މާބަނޑު އަނަހެނަކު އަބަދު ދެރަވެ މާޔޫސްވެފައި ހުންނާތީ ވިހެއުމުން ކައިވެނިކުރާނެ ކަމަށްބުނެ ކައިވެނިކުރި މީހަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-

އެއްވެސް ވަރަކަށް ލޯބިނުވާއިރުވެސް މާބަނޑު އަނަހެނަކު އަބަދު ދެރަވެ މާޔޫސްވެފައި ހުންނާތީ ވިހެއުމުން ކައިވެނިކުރާނެ ކަމަށްބުނެ ކައިވެނިކުރި މީހަކަށް ލިބުނު ބޮޑު ނިޢުމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

އަޅުގަނޑު ވަޒިފާ އަދާކުރަނީ އެމްޕީއެލް ބިލްޑިންގ ކައިރީގައި ހުންނަ އޮފީހެއްގައެވެ. ބައެއް ދުވަސްދުވަހު މަސައްކަތް ނިމިގެން އެކުވެރިންނާއިއެކު ކުޑަޕާކުގައި މަޑުކޮށްލައިގެން އިންނައިރު ފެންނަ އަންހެނެކެވެ. މާބަނޑު އަންހެނެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމާއި މާޔޫސްކަމެވެ. 

އޭނާއަށް ހިނިތުންވާން ފެށީމެވެ. ހިނިތުންވުން ކުރިއަށްގޮސް ދެމީހުންގެ މެދުގައި ރައްޓެހިކަން އުފެދުނެވެ. އެހިސާބުން ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކުން އެނގުނީ އޭނާއަކީ ހެޔޮލަފާ އަންހެނެއްކަމާއި ލޯބިވެރިއަކު ލަނޑުދީފައި ފިލީކަމަށެވެ. އެހެންކަމުން ދުނިޔެއަށް ފަޟީޙަތްވާންޖެހުނީ ކަމެވެ. 

އަހުރެން އޭނާއާއި ލޯބީގެ ވާހަކައެއް ނުދައްކަމެވެ. އެކަމަކު އެއް ދުވަހަކު ބުނީމެވެ. "ވިހާށެވެ! ފައިސާއަށް ދަތިވާނަމަ ބުނާށެވެ! އެހީތެރިވާނަމެވެ." އޭނާ ބުނީ ފައިސާއަށް އެހައި ދަތިނޫން ކަމަށާއި ދެރަވަނީ ކުރެވުނު ކުށުގެ ސަބަބުން ރަނގަޅު ފިރިއަކު ނުލިބިދާނެތީ ކަމަށެވެ." 

އަހުރެން ބުނީމެވެ. "ފުރަތަމަ އޮތީ ވިހައިގަދަވުމެއް ނޫންހެއްޔެވެ؟ ކަލެއަށް އަހުރެން ކަމުދާނަމަ ކައިވެނިކޮށްފާނަމެވެ. އެކަމަކު އަމިއްލަ ގެއެއް ނެތެވެ. ގެއެއް ފްލެޓެއް ކުއްޔަކަށްވެސް ނުހިފޭނެއެވެ. ލިބޭ މުށާރަކުޑަކަމުންނެވެ. މިހުންނަނީވެސް ކުއްޔަށެވެ. އެކޮޓަރީގައި އުޅެވިދާނެއެވެ." 

އެހިސާބުން އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ. އެއިގެ ދުވަސްކޮޅެއްފަހުން ބުނީ ވިހަން ރާއްޖެއިން ބޭރަށްދާކަމަށެވެ. އިތުރު ވާހަކައެއް ނުބުނެއެވެ. ނުބުނާތީ ސުވާލެއްވެސް ނުކުރަމެވެ. 

މަހެއްހައި ދުވަސްފަހުން ބައްދަލުވިއިރު ހުރީ ވިހައިގެންނެވެ. ބުނީ ކައިވެނިކުރުމާއިގެން ކުރިއަށްދާން ބޭނުންވާ ކަމަށެވެ. އަހުރެން ބޭނުންވާނަމަ ރަންކިޔުއްވަން އޭނާ އުޅޭގެއަށް އެރޭ ދިއުމަށެވެ. އެހެން ބުނެފައި ފޯނު ނަންބަރު ދިނެވެ. 

އަހުރެން ނިންމީ އޭނާއަށް ކުރިން ވެވުނު ފުއްދާށެވެ. އެހެންވެ 2 އެކުވެރިން ގޮވައިގެން ރަންކިޔުއްވަން ދިއައިމެވެ. އޭނާ ބުނި ފްލެޓަށް ގޮސް ބެލްޖެހުމުން ދޮރުހުޅުވީ ފިރިހެނެކެވެ. ދިއައީ ސިއްސައިގެންނެވެ. މާތަނަވަސް ނޫންނަމަވެސް ތަނަވަސް މީހަކަށްވާތީއެވެ. 

އޭނާ މަރުޙަބާ ކިޔުމުން ވަނީމެވެ. ރަންކިޔުމުގެ ކަންކަން ނިމުމުން ބުންޏެވެ. "މިއީ އަހުރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިގެއަކީ އަހުރެންގެ ގެއެވެ. ކައިވެނިކޮށްގެން މިގެއަށް ބަދަލުވާށެވެ. ބޭނުންފެންވަރެއްގައި ކައިވެނީގެ ކަންކަން ހަމަޖައްސާށެވެ. ހުރިހާ ޚަރަދެއް ކުރާނީވެސް އަހުރެންނެވެ." 

ކައިވެނީގައި އަދި މާގިނަ ދުވަހެއް ނުވެއެވެ. އަދި މިވީ 3 އަހަރެވެ. އެކަމަކު ވަރަށް ޔަޤީންކަމާއިއެކު ބުނަންކެރިދާނެއެވެ. މިއީ ﷲ ގެ ވާގިފުޅާއިއެކު ރޫޅޭނެ ކައިވެންޏެއް ނޫނެވެ. އަނބިމީހާއަކީ ތަޤްވާވެރިކަމުގައި ލާމަސީލު އަންހެނެކެވެ. ބައްޕަ ވަނީ ބައްޕަގެ ހުރިހާ ކަމެއް އަހުރެންނާއި ޙަވާލުކޮށްފައެވެ. ބައްޕަގެ ފިހާރައާއި ގެއަށްލިބޭ ކުލީގެ ފައިސާވެސް ވަނީ ދެމަފިރިންނަސް ދޫކޮށްލައިފައެވެ. އިރާދަކުރެއްވިއްޔާ ޢުމުރު ހޭދަކުރާނީ އަނބިމީހާއަށާއި ބައްޕައަށް ވަފާތެރިކަމުގައެވެ. 

އަޅުގަނޑުގެ ޥާހަކަ މިއަދުނޫހާއި ޙިއްޞާމިކުރީ އަޅުގަނޑު އޭނާއާއި ކައިވެނިކުރަން ނިންމީ މިއަދުނޫހުގައި ލިޔާ ލިޔުންތަކުން ހިތްވަރުލިބިގެންކަމަށްވާތީއެވެ. ކައިވެނިކުރުމުން އުފާވެރިދިރިއުލުމެއް ލިބޭނީ ﷲ އަށްޓަކައި ލޯބިވެގެން ކަމަށް ލިޔާ ލިޔުންތަކުންނެވެ. މިބުނަނީ ހަމަ ތެދަށެވެ. އޭނާއާއި ކައިވެނިކުރަން ނިންމައި އެހެން ބުނީ އެއްވެސް ވަރަކަށް ޢޭނާދެކެ ލޯބިވެގެނެއް ނޫނެވެ. އޭނާގެ ޙަޤީޤަތް އެނގިގެނެއްވެސް ނޫނެވެ. ވިސްނިފައި އޮޓިވެސް އޭނާއަކީ އަޅައިލާނެ މީހަކު ނެތް ނިކަމެތި އަންހެނަކު ކަމަށެވެ. 

އެހެންބުނީ އޭނާހުރި ޙާލާއި މޫނުމަތިން ފެންނަ މާޔޫސްކަމަށް ހިތުގައި އުފެދުނު ހަމްދަރުދީގެ ސަބަބުންނެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ ހިތް ފުރިފައިވަނީ އަނބިމީހާއަށް އޮތް ލޯބިންނެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް 

 -ޢިބްރަތްތެރި ވާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް