އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ބަލިވެ ތަންމަތީގައި އޮންނަން ޖެހުމުން ބަލަން ކަންބޮޑުވާ މީހުން ނިކަން މިވާހަކަ ކިޔާލަބަލަ! ގާތީ ލަދުގަންނަން ޖެހުން!

ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ބަލިވެ ތަންމަތީގައި އޮންނަން ޖެހުމުން ބަލަން ކަންބޮޑުވާ މީހުން ނިކަން މިވާހަކަ ކިޔާލަބަލަ! ގާތީ ލަދުގަންނަން ޖެހުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 29 ސިކުންތު

ކައިވެނިކޮށް އެކުގައި އުޅޭތާ އަހަރެއްފަހުން ނަމަވެސް ދެމަފިރިންކުރެ މީހަކު ބަލިވެ އެނދުގައި އޮންނަން ޖެހިއްޖެނަމަ އެއީ ބޮޑުކަމަކަށް ނުހަދައި އުފަލުން ބައިވެރިޔާ ބަލައިދެނީ މަދުމީހެކެވެ. ގިނަ މީހުންނަށް އެކަންވެފައި އޮންނަނީ ބޮޑު ވޭނަކަށެވެ. ބައިވެރިޔާ ގަދަވެ ސަލާމަތުން ހުރިއިރު ތިމާއަށް ކޮށްދިން ޚިދުމަތްތައް މަތިން ހަނދާންވެސް ނުހުންނަ ފަދައެވެ.

ކިޔުންތެރިންގެ ކިބައިން މިކަމުގެ ޝަކުޥާތައް ވަރަށް ގިނައިން ލިބެއެވެ. އެހެންކަމުން މިފަދަ ކަމެއްގައި ކިޔުންތެރިއަކު ކޮށްފައިވާ ސުވާލަކާއި ޖަވާބު އަދި ޢިބްރަތްތެރި ވާހަކައެއް ގެނެސްދޭނަމެވެ. އިން ޝާ ﷲ   

އަޅުގަނޑަކީ 4 ދަރިންގެ މަންމައެވެ. ކުދިންގެ އެހީތެރިކަން ލިބެއެވެ. ފިރިމީހާގެ އަޅައިލުން އެއްވެސް ވަރަކަށް ނުލިބޭތަނުގައި ވާހަކަދައްކަނީވެސް ވަރަށް މަދުންނެވެ. އެހެންވެ ދެވަނަ ކައިވެންޏެއް ކުރަންވެސް ބުނެފީމެވެ. ނުކުރެވިގެން އުޅޭ ސަބަބެއްކަމަށް ވިސްނެނީ އަޅުގަނޑު ދުނިޔޭގައި އޮތުމެވެ. ގޭގައި ޖާގަ ނެތުމެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯއެވެ؟  

ކިޔުންތެރިޔާއަށް ކުރިމަތިވެފައިވާ ހިތްދަތިކަމުގައި ބައިވެރިވެ ހެޔޮ ދުޢާކުރަމެވެ. ޖަވާބުގައި ބުނެލަން އޮތީ ހެޔޮލަފާ ދީނީ ޢިލްމުވެރިއަކު މެދުވެރިކޮށް ވިސްނައިދޭން މަސައްކަތްކުރާށެވެ! އަދި ދުޢާކުރަމުން ގެންދާށެވެ.  

ޙާލަތަކީ މާދަމާވެސް ބަދަލުވެދާނެ އެއްޗެކެވެ. ތިރީގައި އެވަނީ 15 އަހަރު ކޯމާގައި އޮތް އަންތބަކު ހޭއަރައި، އެ 15 އަހަރު އޭނާއަށް ލަވަކިޔައިދިން ފިރިމީހާއަށް ލަވަކިޔައިދޭން ފެށިވާހަކައެވެ. ﷲ ތައާލާއީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ވީމާ އުންމީދުކަނޑާނުލައި ދުޢާކުރުމުގައި ޘާބިތުވާށެވެ!  

އޭނާގެ އަންހެނުން ކޯމާގައި އޮންނަތާ އެތައް އަހަރެއްވެއްޖެއެވެ. އޭނާގެ ފިރިމީހާ އޭނާގެ ގާތަށް އައިސް ކައިރީގައި އިނދެ ކޮންމެ ދުވަހަކުވެސް އަނބިމީހާއަށް ލޯބީގެ ލަވަތައް ކިޔައިދެއެވެ. އެކަމުގައި އެތައް ވަގުތުތަކެއް ހޭދަކުރެއެވެ.  

އެމަންޒަރު ދެކެން ކޮންމެ ދުވަހަކުވެސް ހުންނަ ނަރުހަކު އެއްދުވަހަކު ފިރިމީހާ އާއި ސުވާލުކުރިއެވެ. "ކޯމާގައި އޮތް މީހެއްގެ ގާތު ކޮންމެ ދުވަހަކު ލަވަކިޔަނީ ކީއްވެގެން ހެއްޔެވެ؟"  

ޖަވާބުގައި އޭނާ ބުންޏެވެ. "އެއީ އަހަރެންގެ ލޯބިވާ އަނބިމީހާ ކަމުގައިވީތީއެވެ. އޭނާ ގަދަވެ ސަލާމަތުން ހުރިއިރު، އަހަރެން ކަންބޮޑުވެގެން އުޅޭ ވަގުތެއްނަމަ އަހަރެންގާތުގައި އިނދެ ލޯބިން ފިރުމަމުން ލޯބީގެ ލަވަތައް ކިޔައިދެއެވެ. މިއަދަކީ އަހަރެން އޭނާއަށް ލަވަ ކިޔައިދޭންޖެހޭ ދުވަހެވެ. އަޑު އިވޭނަމަ އޭނާ އުފާވާނެއެވެ. އަހަރެން އޭނާދެކެ ލޯބިވާކަންވެސް އެނގޭނެއެވެ! އަޑުނީވޭނަމަ އިވޭނެ ދުވަހެއް އަންނާނެއެވެ! އިން ޝާ ﷲ އުންމީދަކީ އެއީއެވެ!" 

އެއިގެ ވެސް އެތައް އަހަރެއްފަހެވެ. އަނބިމީހާ ކޯމާގައި އޮންނަތާ 15 އަހަރުފަހެވެ. އެންމެން ޙައިރާންކޮށްލުވީ އަނބިމީހާ ހޭއެރުމާއިއެކު ފިރިމީހާގެ މޫނުގައި ފިރުމާލަމުން ލަވަކިޔަން ފެށުމުންނެވެ. އަނބިމީހާބުނީ ކޯމާގައި އޮތްއިރުވެސް ކޮންމެ ދުވަހަކު ކިޔައިދިން ލަވަތަކުގެ އަޑު އިވުނުކަމަށެވެ.  

ޢިބްރަތް:  

ލޯބިވާންވީ ހަމައެކަނި ގަދަވެހުންނައިރަކު ނޫނެވެ. ކޯމާގައި އޮތްނަމަވެސް ލޯބިވާށެވެ! ލޯބިވާކަން ޢަމަލުން ދައްކާށެވެ! ނަތީޖާ ހަމަވަރަށް ފޮނިވުމުގެ ފުރުޞަތު ހަމައެބައޮތެވެ. އިން ޝާ ﷲ  

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް