އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު
ފުރަތަމަ ކަމަކީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައެކެވެ. އަންހެނަކަސް އަދި ފިރިހެނަކަސް ޒިނޭކޮށްފިނަމަ އެކުރެވެނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އަންހެނަކަށްވުމަކުން އަދި ފިރިހެނަކަށް ވުމަކުން ﷲ ތަޢާލާގެ ޙުކުމްފުޅު ތަފާތެއް ނުވެއެވެ.
ނަމަވެސް ގިނަ މުޖުތަމަޢުތަކުގައި ބޮޑުކަމަކަށް ހަދަނީ އަންހެނަކު ޒިނޭކުރުމުންނެވެ. ޒިނޭކޮށްފިނަމަ އެއަންހެނަކީ އަގުވެއްޓިފައިވާ ދަށު ދަރަޖައިގެ މީހަކު ކަމަށް ބަލައެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޒިނޭކޮށްފިނަމަ އޮތީ ހަމަ އެއް ޙުކުމެކެވެ.
ކޮންމެއަކަސް ޒިނޭކުރެވިފައިވާ އަންހެނަކާއި ކައިވެނިކުރަންވެސް ގިނަ ބައަކު ޖެހިލުންވެއެވެ. ތަކުރާރުކޮށްލާނަމެވެ. މިކަމުގައި ފިރިހެނަކަށްވުމުން ތަފާތުކުރުމެއް ނެތެވެ. ޒިނޭކުރުން މިކިޔަނީ ކައިވެނީގެ ބޭރުން އަންހެނަކާއި ފިރިހެނަކު ޖިންސީގުޅުން ހިންގައި ޖިމާޢުވުމަށެވެ. އެއީ އަންހެނަކަށް އެކަނި ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަކިމީހަކާއިމެދު ތަފާތު ގޮތަކަށް ވިސްނުމެއް ނެތެވެ.
ތިރީގައިވާ ސުވާލާއި ޖަވާބު ވިދާޅުވެލައްވާށެވެ!
ޒިނޭކުރުމަށްފަހު ތަޢުބާވެފައިހުރި މީހަކާ އިއްފަތްތެރިއަކު ކައިވެނިކުރުން ހުއްދަވާނެތޯ؟
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.
(التائب من الذنب كمن لا ذنب له)
މާނައަކީ: "ކުށަކުން ތައުބާވެއްޖެމީހާ ކުށެއް ނުކުރާ މީހެއްފަދައެވެ".
އެހެންކަމުން، ޒިނޭކުރުމަށްފަހުގައި ރަގަޅު ތައުބާ އަކުން ތައުބާވެފައިވާނަމަ އެފަދަ މީހަކާ ޢިއްފަތްތެރިއަކު ކައިވެނި ކުރުމަކީ ހުއްދަ ކަމެކެވެ. والله أعلم
- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
7 ޖޫން 2025