އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަޤީރުވިޔަސް ދެރަނުވާންވީ ސަބަބު!: އަތުގަ ކިތަންމެ ގިނަ ފައިސާހުރިނަމަވެސް ފުދޭނީ އެންމެ ދަތިޙާލުގަ އުޅޭ މީހުންނަށްވެސް ފުދޭ ބޭނުންތައް!: މުފްތީ މެންކް

ފަޤީރުވިޔަސް ދެރަނުވާންވީ ސަބަބު!: އަތުގަ ކިތަންމެ ގިނަ ފައިސާހުރިނަމަވެސް ފުދޭނީ އެންމެ ދަތިޙާލުގަ އުޅޭ މީހުންނަށްވެސް ފުދޭ ބޭނުންތައް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އިންސާނާށެވެ! އެއިރިރުން އެނގޭނެއެވެ! ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި އުޅުނު ނަމަވެސް ކިތަންމެ ދަތިޙާލުގައި ދިރިއުޅުނު ނަމަވެސް އެންމެންގެވެސް އަސާސީ ބޭނުންތައް ހަމަ އެއްގޮތެވެ. މިލިއަނަރުވެސް ކާން ބޭނުންވެއެވެ. ކައެވެ. ފަޤީރުންވެސްކައެވެ. ތަފާތުވަނީ ކައިބޮއިހަދާތަކެއްޗެވެ. ކައިބައިހަދާ މިންވަރެވެ.

ދެން އޮތީ ބޭސްފަރުވާކުރުމެވެ. މިލިއަނަރުންނަށްވެސް ޖެހެނީ ބަލިވުމުން ބޭސްފަރުވާކުރާށެވެ. ކިތަންމެ ފެންވަރުމަތީ ހޮސްޕިޓަލަކުން ފަރުވާކުރިނަމަވެސް ޝިފާ ލިބެނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ފަޤީރުވެގެން ބޭސްފަރުވާ ކުރެވެން ނެތް މީހުންނަށް ބޭސްކުރުމަކާއި ނުލައިވެސް ޝިފާ ދެއްވަވައެވެ.

ވީމާ ދެއްވަވާ މިންވަރާއިމެދު ޝަކުވާ ނުކުރާށެވެ! ދެއްވަވާ މިންވަރާއި ކުރިމަތިކުރައްވަވާ ކަންކަމާއިމެދު ޝަކުވާކުރާނަމަ އެމީހަކު އެވަނީ އިމްތިޙާނުން ފޭލްވެފައެވެ. އިމްތިޙާނުކުރައްވަވާނެކަމާއި ކާމިޔާބުލިބުންވަނީ ފާސްވެވުނު މީހަކަށްކަން ﷲ ތަޢާލާވަނީ ވަޙީކުރައްވަވައިފައެވެ. ޑިޕްރެޝަނަށް ދާންޖެހި ނަފްސާނީ މައްސަލަތައް ކުރިމަތިވަނީ މި ޙަޤީޤަތް ޤަބޫލުނުކުރެވޭ މީހުންނަށެވެ.

އިންސާނުންނަށް ﷲ ތައާލާ ނިޢްމަތްތައް މިންވަރުކުރައްވަވަނީ އެކި މންވަރަށެވެ. ތަނަވަސްކަންވެސް ދެއްވަވަނީ އެކި މީހުންނަށް އެކި މިންވަރަށެވެ. ވީމާ ތިމާއަށް ދެއްވެވި މިންވަރުވެގެން ކަންބޮޑުނުވާށެވެ! ތިބާއަށް ﷲ ތަޢާލާ ދެއްވަވަނީ ތިބާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ މިންވަރަށްކަން ޔަޤީންކުރުމުން ދެއްވެވި މިންވަރާއިމެދު ކަންބޮޑުވާކަށް ނުޖެހޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް