އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ނުރައްކާތެރި ބަލިތަކަށްވުރެ ހަސަދަވެރިކަމުން ލިބޭ ގެއްލުން މާބޮޑު!: މުފްތީ މެންކް

އެންމެ ނުރައްކާތެރި ބަލިތަކަށްވުރެ ހަސަދަވެރިކަމުން ލިބޭ ގެއްލުން މާބޮޑު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ޙަސަދަވެރިކަމެވެ ބުނެފިނަމަ އެކަން ގިނަ ބައަކަށް ވިސްނެނީ ވަރަށް ޢާދައިގެ ގޮތެއްގައެވެ. އެއީ އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަޒަންނުކުރެވޭތީއެވެ. ޙަސަދަވެރިކަމުގެ އަލިފާނުން މީހުން އަނދައިގެންދާކަން ނުވިސްނޭތީއެވެ.

ޢާންމު ގޮތެއްގައި މީހުން އެންމެ ބޮޑަށް ބިރުގަންނަ އެއް ބައްޔަކީ ކެންސަރެވެ. އެބަލި ފެތުރުން ދަނީ އިތުރުވަމުންނެވެ. ނުޖެހި ސަލާމަތްވެވޭނެ ވެކްސިނެއް އަދިވެސް ނުހޯދެއެވެ. ކެންސަރުބަލީގައި މަރުވާ މީހުން ގިނަ ނަމަވެސް ކެންސަރު ބަލި ޖެހުމުން ޝިފާވެސް ލިބެއެވެ. އަދި ބަލީގައި މަރުވި ނަމަވެސް މުސްލިމުންނަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ

ނަމަވެސް ހިތުގައި ހަސަދަވެރިކަން އުފެދިއްޖެ ނަމަ ކެންސަރު ބަލީގެ ސެލްތައް ފަދައިން ހިތުގައި އެނުބައި ސެލްތައް ގިނަވެގަނެ ފެތުރިގަނެއެވެ. ފިލުވައި ނުލައިފިނަމަ މުޅި ހިތް ހިފައެވެ. ނަތީޖާއަކީ ތިމާގެ ހަށިގަނޑުގައި ލެޔާއިއެކުވެ މުޅި ހަށިގަނޑުގައި ދައުރުކުރަންފަށައެވެ. އެހިސާބުން ގެއްލިގެންއެދަނީ އާޚިރަތެވެ. މީހާގެ ދެ ދުނިޔެއެވެ.

އަލިފާން ދަރު އަންދާލާފަދައިން ހަސަދަވެރިކަން ތިމާކުރާ ހެޔޮ ޢަމަލުތައް އަންދާލާކަމަށް އޮތް ޙަދީޘްފުޅަށް ބިރުވެތިވާށެވެ. އެހެނީ އެއްވެސް މީހަކާއިމެދު ހަސަދަވެރިވާންޖެހޭނެ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. މީހަކު ނުބައިކަމެއްކޮށް ގެއްލުމެއް ދީފިނަމަ އެމީހަކަށް ޙައްޤު ޖަޒާ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. ފޯމުފުރައި މައްސަލަ ހުށަހަޅާކަށްވެސް ނުޖެހެއެވެ. އެކަލާނގެ އެކަމަށް ބައްލަވައިވޮޑިގެންވެއެވެ.

ހިތުގައި ހަސަދަވެރިކަން ބާއްވާވަރަކަށް ދުވަހެއް ދުވަހަކަށް އެކަން އިތުރުވަމުންދެއެވެ. އެމީހަކަށް ލިބޭ ފާފަ އިތުރުވެގެންދެއެވެ. ވީމާ އެއްވެސް މީހަކާއިމެދު ހަސަދަވެރިނުވާށެވެ. އެންމެ ހިނދުކޮޅަކަށްވެސް ޙަސަދަވެރިކަން ހިތުގައި ނުބާއްވާށެވެ. އެކަމުގެ ސަބަބުން 2 ދުނިޔެ ވެސް ގެއްލިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް