އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ހައްޖަށް ވަޑައިގެންނެވި އިއްޒަތްތެރިންގެ ޝަރަފުގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ޚާއްސަ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ޙައްޖަށް ވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި މިއަދު މިނާގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންނެވީ ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ އަރިހުގައެވެ.
މި ބައްދަލުވުމުގައި އެކި ދައުލަތްތަކުގެ ވެރިންނާއި، އިއްޒަތްތެރިންނާއި، ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި ހައްޖަށް ވަޑައިގެންނެވި ބޭފުޅުންނާއި އެކި ޤައުމުތަކުގެ ހައްޖު މިޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް ޙައްޖު މޫސުމުގައި ބާއްވާ ޚާއްސަ ބައްދަލުވުމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު އިންނެވީ ސައުދީ ވަލީޢަހުދުގެ އެންމެ އަރިހުގައި ކަމުން، މިކަމަކީ ދެ ޤައުމުގެ ގުޅުން ވަރުގަދަކަމުގެ ހެއްކެއް ކަމުގައި ސިޔާސީ ދާއިރާގެ މާހިރުން ދެކެއެވެ.
ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަތީ ސައުދީ ސަރުކާރުން ދެއްވި ޚާއްސަ ދަޢުވަތެއްގައެވެ. ރައީސްގެ އަރިހުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަޢުދީ ޢަރަބިއްޔާއިން މިއަހަރު ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެ ޤައުމަށް ދިޔަ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާދެއްވާފައެވެ.
https://x.com/presidencymv/status/1931365568072007864/photo/1
Advertisement
7 ޖޫން 2025