އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު
ކީރިތި ޤުރްއާން ކިޔެވުމަކީ އެންމެ މަތިވެރި ޛިކުރުކުރުމެވެ. ހަމައެއާއިއެކު މާނަ ކިޔައި އުނގެންނެ މަސައްކަތްކުރަންވާނެއެވެ. އަދި މާނަ އެކަނި ކިޔައިލުމަކުންވެސް ނުފުދެއެވެ. ތަފްސީރުވެސް ކިޔައި އުނގެނެން ޖެހެއެވެ.
ތަޖުރިބާކޮށްލަންވެސް ނިކަން ތަފްސީރު ކިޔަންފަށައިބަލާށެވެ! ކީރިތި ޤުރްއާނުގެ މާނަ އިތުރަށް އެނގުމުގެ އިތުރުން ހިތަށް ހަމަޖެހުން ލިބެންފަށާނެއެވެ. އިން ޝާ ﷲ. އެއީ އެމީހަކާއި ޤުރްއާނާއި އޮންނަ ގުޅުން ވަރަށް ބޮޑުތަނުން އިތުރަށް ބޮޑުވެގެންދާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަޔތުން އެމީހަކަށް އިތުރުވެގެންދާތީއެވެ.
އެހެންކަމުން ހިތްދަތިކަމެއް ކުރިމަތިވިޔަސް އަދި ތަކްލީފެއްގައި އުޅެންޖެހުނަސް ޤުރްޢާން ކިޔެވުމުގެ އިތުރުން ތަފްސީރުކިޔަންފަށާށެވެ! އެކަމުގެ ފައިދާ އެމީހަކަށް ލިބެންފަށާނެއެވެ. އިންޝާ ﷲ
- އިސްލާމީ ތިލަަފތުގެ ދަރުސަކުން
އެންމެރަނގަޅު ތަފްސީރު ފޮތްތަކަކީ ކޮބައިތޯ؟
ތަފްސީރުގެ ޢިލްމުގައި ގިނަ ފޮތްތަކެއް ލިޔެވިފައިވެއެވެ. އެގެތެރެއިން ފާހަގަކޮށް ލެވޭ ފޮތް ތަކުގެ ތެރޭގައި:
1. ޖާމިޢުލް ބަޔާނި ޢަން ތައުވީލި އާޔިލް ގުރްއާން- އިބްނު ޖަރީރިއް ޠަބަރީ
2. އަލްކައްޝާފު ޢަން ޙަގާއިގިއްތަންޒީލި ވަޢުޔޫނިލް އަގާވީލި ފީ ވުޖޫހިއްތައުވީލި- އިމާމް ޣަޒާލީ
3. އައްތަފްސީރުލް ކަބީރި ވަމަފާތީޙިލް ޣައިބި – އިމާމް ފަޚްރުއްރާޒީ
4. ތަފްސީރުލް ގުރްއާނިލް ޢަޡީމް- އިމާމް އިބްނު ކަޘީރި
5. އަލްބަޙްރުލް މުޙީތި ފިއްތަފްސީރި- އަލްއިމާމް އަބޫ ޙައްޔާނި. ހިމެނެއެވެ. واللهأعلم.
Advertisement
10 ޖޫން 2025