އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެދިވަޑައިގެންފިއެވެ.

އެންޓި ސްކޭމް ސެންޓަރުން އަންނަނީ މިފަދަ ސްކޭމްތަކުން ރައްޔިތުން ރައްކާތެރިވެ، ހޭލުންތެރި ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެ ސެންޓަރުން ދާދި ފަހުން ވަނީ ޓެލެގްރާމް މެދުވެރިކޮށް ސްކޭމަރުން އަންނަނީ ޔޫސަރުންގެ އެކައުންޓްތައް ކޮމްޕްރޮމައިޒްކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެދި އެންޓި ސްކޭމް ސެންޓަރުން ވަނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއްކަން ފާހަގަކުރައްވާފައެވެ.

އަދި ހަމައެކަނި CMDA ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓް ފޯމްތައް ވެރިފައި ކުރުމަށްވެސް އެންޓި ސްކޭމް ސްނެޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ ސެންޓަރުން ވަނީ މިފަދަ މުހިންމު މައުލޫމާތު އެހެން ފަރާތްތަކާވެސް ހިއްސާކޮށް އާއިލާ އާއި ރަހުމަތްތެރިން ސްކޭމްތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް ގޮވާލާފައެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު