އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު
ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަށިގޮޅު މެލޭސިޔާގައި މިއަދު ފަސްދާނުލެވިގެންދިއައީވެސް ޖަނާޒާތަކުގައި ޝައިޚް ދެއްވަވާފަދަ ނަޞީޙަތުގެ ބަސްކޮޅަކާއިއެކުގައެވެ.
"އެންމެ ޙިކުމަތްތެރި ރޭއްވެވުންތެރިއަކީ ﷲ ތަޢާލާއެވެ. މަރަކީ ކުރިއާލައި އެނގެން އައިސް ބައްދަލުކުރާ އެއްޗެއް ނޫނެވެ. އަހުރެމެންނަށް އޮތީ އަބަދުވެސް މަރުވުމަށް ތައްޔާރުވެގެން ތިބުމެވެ. މީސްތަކުންނޭވެ! މިއަދު އަހުރެމެން މިފަސްގަނޑުގެދަށަށް ގިނިކަންޏާ ދޫކޮށްލާފައި މިދަނީ ޝައިޚްގެ ހަށިކޮޅެވެ. ނަމަވެސް މިއީ އަހުރެމެން ކޮންމެ މީހަކަށްވެސް ކުރިމަތިވާން އޮތް ޙާލަތެވެ. ޖެހޭނީ ހަމަ ކައްވަޅުގައި އެކަނިވެރިވާށެވެ!
އެހިސާބުން އެމީހަކާއިއެކުގައިވާނީ އެމީހަކު ކޮށްފައިވާ ޢަމަލެއް އެކަންޏެވެ. ހެޔޮ ޢަމަލެއް ނުވަތަ ނުބައި ޢަމަލެއް ނަމަވެސްމެއެވެ. އަހުރެމެންނަށް އޮތީ ކޮންމެ ދުވަހަކު އެކަމަށް ތައްޔާރުވުމެވެ. މަރުވާނެ ދުވަހެއް ނުއެނގޭނެއެވެ. މަރުވާނީ އެއް އަހަރުފަހުން ކަމެއް ނުއެނގޭނެއެވެ. ތައްޔާރުވާނެ ވަޤުތެއް ނުލިބޭނެއެވެ. ވީމާ ތައްޔާރުވާން އޮތް ދުވަހަކީ މިއަދެވެ. އަހުރެމެން އައީވެސް ﷲ ތަޢާލާގެ ޙަމްރަތުންނެވެ. އެނބުރިދިއުން އޮތީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ."
"ޝައިޚް ފަރީދު ނުދަންނަ ދިވެއްސަކު ނުހުންނާނެއެވެ. ޝައިޚަކީ ހިތްތިރިކަމުގައި ނަމޫނާ ޝަޚްޞިއްޔަތެވެ. ޝައިޚް ފަރީދަށް ނަފްރަތުކުރާ މީހަކުވެސް ނުހުންނާނެއެވެ."
Advertisement
11 ޖޫން 2025