އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވިހެއުމުގެ ތެރޭގައި މަރުވާ މުސްލިމް އަންހެނުންނަކީ ޝަހީދުން!" ކަމަށް ޙަދިޘްގައިވާ ދަރަޖަ ލިބުން އެދޭނަމަ ބަލިވެއިނީންސުރެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!

"ވިހެއުމުގެ ތެރޭގައި މަރުވާ މުސްލިމް އަންހެނުންނަކީ ޝަހީދުން!" ކަމަށް ޙަދިޘްގައިވާ ދަރަޖަ ލިބުން އެދޭނަމަ ބަލިވެއިނީންސުރެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ވިހެއުމަކީ މީހާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދާ ކަމެކެވެ. ވީމާ ބަލިވެ އިނުމުން ތަޤްވާވެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. އެގޮތުން ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމާއި ސުންނަތް ނަމާދުތައްކޮށް ޛިކުރުކުރުން ގިނަކޮށް ރޭއަޅުކަންކުރުންވެސް ގިނަކުރަން އެބަޖެހެއެވެ.

ވިހެއުމުގެ ތެރޭގައި މަރުވާ މުސްލިމް އަންހެނުންނަކީ ޝަހީދުންކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ ޝަހީދަކަށްވުމަށްޓަކައި ފުރަތަމަ އޮތީ މުސްލިމަކަށްވުމެވެ. އިސްލާމް ދީނަށް އަމަލުކުރުމެވެ. އެކަން ހަނދާނުގައި އަބަދުވެސް ބަހައްޓަންވާނެއެވެ.

"ތިމަން ރަސޫލާ (ﷺ)ގެ އުންމަތުގެ ތެރެއިން ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް މަރުވާނީ މަދުބައެއްކެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނާއި ބޮޑެތި ރޯގާތަކުގެ ބަލިތަކުގައި މަރުވާ މީހުންނާއި ބަނޑުގެ ބަލިތަކުގައި މަރުވާ މީހުންނަކީ ޝަހީދުންނެވެ. ކަނޑުވެ މަރުވާ މީހުންނަކީވެސް ޝަހީދުންނެވެ. އަންހެނަކު ވިހެއުމުގެ ތެރޭގައި ނުވިހައި މަރުވެއްޖެނަމަ، ޤިޔާމަތް ދުވަހު އެކުއްޖާ އޭނާގެ ފޫޅު ދަނޑިއާއިއެކު މަންމަ ސުވަރުގެ ވައްދާނެތެވެ." ޙަދީޘް

If a woman dies with a child in her womb, or she dies during childbirth or after childbirth but within the period of nifaas (post-partum bleeding), she is considered to be a shaheedah in sha Allaah. Raashid ibn Hubaysh narrated that the Messenger of Allaah (peace and blessings of Allaah be upon him) entered upon ‘Ubaadah ibn al-Saamit when he was sick and said, “Do you know who is a shaheed (martyr) in my ummah?”The people remained silent, then ‘Ubaadah said, “Help me to sit up.” They helped him to sit up, then he said, “O Messenger of Allaah, ﷺ the patient one who seeks reward from Allaah for his patience?” The Messenger of Allaah (peace and blessings of Allaah be upon him) said, “Then the martyrs among my ummah would be very few. Being killed for the sake of Allaah is martyrdom, the plague is martyrdom, drowning is martyrdom, stomach disease is martyrdom, and if a woman dies during the post-partum period, her child will drag her to Paradise by his umbilical cord.” The umbilical cord is that which is cut by the midwife when the child is born.

The hadeeth was narrated by Imaam Ahmad in his Musnad with a saheeh isnaad. (al-Musnad, 3/489). There is a corroborating report narrated by Maalik (1/233) and Abu Dawood, 3/482).

ޝައިޚް އިބަރާހީމް ފަރީދު ވިދާޅުވެފައިވަނީ ވިހެއުމުގެ ތެރޭގައި މަރުވާ މީހުންނާއި އުސްތަނަކުން ވެއްޓި މަރުވާ މީހުންނާއި މިނޫންވެސް މިފަދަ ބައެއް މީހުުންގެ ވާހަކަ މިމޭރުމުން ތަފާތު ރިވާޔަތްތްކުގައި އައިސްފައިވާ ކަމަށެވެ.

ޢިލްމްވެރިން ބަޔާން ކުރައްވަވާ ގޮތުގައި ކޮންމެ ގޮތަކަށް މީހާ މަރުވި ނަމަވެސް އެމީހަކާއިމެދު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާނީ އެމީހާގެ އީމާންކަމާއި އެމީހަކު ދުނިޔޭގައި ސަލާމަތުން ހުރެ އަމަލުކޮށްފައިވާ ގޮތުގެ މައްޗަށެވެ. މަރުވުމުން އެއްވެސް މީހަކަށް ދެއްވަވާނެ ދަރަޖަ އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް