އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ ހަށިގަނޑުގަ ﷲ ތަޢާ ނޫރު ލެއްވެވީމާ ބަލައިނުގަންނަ މީހުންނަށް އެނގެންޖެހޭނެ ޙަދީޘްފުޅު-

ތިމާގެ ހަށިގަނޑުގަ ﷲ ތަޢާ ނޫރު ލެއްވެވީމާ ބަލައިނުގަންނަ މީހުންނަށް އެނގެންޖެހޭނެ ޙަދީޘްފުޅު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

އެބޭފުޅާވިދާޅުވި މިބޭފުޅާ ވިދާޅުވި ކިޔޭކަށް ނެތެވެ. އެބޭފުޅާ ނުރަ ކަޅުކުރައްވާ! ކަމަށް ބުނެގެން ވެސް ފުދޭކަށް ނެތެވެ! ކީރިތި ޤުރްއާނަށްފަހު މުސްލިމުން ބަލައިގަނެ ޢަމަލުކުރަން އޮތީ ޙަދީޘްފުޅުތަކަށް ކަމުގައިވާތީއެވެ. 

"ނުރަ އިސްތަށި އުފުރުން ރަސޫލާ މަނާކުރެއްވެވިއެވެ. އަދި އެއީ މުސްލިމުންގެ ނޫރެއް ނުވަތަ އަލިކަމެއް ކަމުގައި ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ." 

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިއަބައިމީހުން ނުރަ އިސްތަށި އުފުރައި ނުހަދާށެވެ. ހަމަކަށަވަރުން އެއީ މުސްލިމުންގެ ނޫރެވެ! ނުވަތަ އަލިކަމެވެ! މުސްލިމުންގެ ހަށިގަނޑުގައި ނުރައެއް ޖަހައިފިނަމަ އެއިގެ ސަބަބުން އެމީހަކަށް ހެޔޮކަމެއް ލިޔެވި، އޭނާގެ ދަރަޖަ މަތިވެރިވެއެވެ. ނުވަތަ އޭނާގެ ކިބައިން ފާފައެއް ފުހެވެއެވެ!"

(ޙަދީޘް ރިވާކުރެެއވީ އިމާމް އަޙްމަދު)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޙަދީޘްފުޅުން މިހައި ސާފުކޮށް މިކަންކަން އެނގެން އޮތްއިރު ނުރަ ކަޅުކުރުންވާނީ ތިމާއަށް ދެއްވެވި މިފަދަ ނިޢުމަތްތައް އަމިއްލައަށް ދޫކޮށްލުން ފަދަ ކަމަކަށް ނޫންހެއްޔެވެ؟ އެކަންވާނީ ﷲ ތަޢާލާ ދެއްވެވި ނޫރު އަމިއްލައަށް ނިއްވައިލުމަށް ނޫންހެއްޔެވެ؟ އެހެނީ ނުރަ އިސްތަށި ކަޅުކުރުން އެއީ މުސްލިމުންނަށް ޙަރާމް ކަމެކެވެ.

 

ގުޅުންހުރި ލިޔުން (އިސްލާމްކިޔޫއޭ އިން):

https://islamqa.info/en/answers/7227/ruling-on-dyeing-grey-hairs

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް