އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަށް މީހަކު އިސްލާމް ނުކުރެވިދާނެ! އެކަމަކު ތިބާއަށް އެކަން ނުކުރެވުނަސް އެދަރަޖަ ޙާޞިލުކުރެވުމުގެ ފުރުޞަތު އެބަ އޮތްކަން އެނގޭތަ؟

ތިބާއަށް މީހަކު އިސްލާމް ނުކުރެވިދާނެ! އެކަމަކު ތިބާއަށް އެކަން ނުކުރެވުނަސް އެދަރަޖަ ޙާޞިލުކުރެވުމުގެ ފުރުޞަތު އެބަ އޮތްކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ލޮބުވެތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވާ އެއްކަމަކީ އިތުރުއެކަލޭގެފާނުގެ އުންމަތް ބޮޑުވެ ފުޅައުވެގްންދިއުމެވެ. އެކަން ކާމިޔާބުން އޮތީ މުސްލިމް ނަންތައް ކިޔާ މީހުންގެ ޢަދަދު ގިނަވުމަކުން ނޫނެވެ. ﷲ ތަޢާލާގެ ދީނަށް ޢަމަލުކުރާ މީހުން ގިނަވުމުންނެވެ.

އެމީހެއްގެ މަސައްކަތުން އިސްލާމް ދީނަށް މީހަކު ވެއްދިއްޖެ ނަމަ އެކުރެވުނީ އެންމެ މަތިވެރި އެއް ޢަމަލެވެ. ނަމަވެސް އެއީ ކޮންމެ މީހަކަށް ކުރެވިދާނެ ކަމަކަށްނުވެދާނެއެވެ. އެހެންކަމުން އެކަން ނުކުރެވިގެން ބައެއް މީހުން ކަންބޮޑުވެގެން އުޅެއެވެ.

އިސްލާމްދީނަށް މީހަކު ވެއްދުމުގެ ޤާބިލުކަން ލިބިފައި ނެތް، ނުވަތަ އެފަދަ ފުރުޞަތެއް ލިބިފައިނުވާ މީހާއަށް ކުރެވިދާނެ އެއްކަމަކީ އޭނާގެ ޢާއިލާ އާއި ގާތް މީހުންނާއި އެކުވެރިންގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެ އިސްލާމްދީނާއި ދުރުހެލިވާ މީހުންނަށް ނަޞޭޙަތްދީ ހިތްވަރުދިނުމެވެ. ކާފިރަކު އިސްލާމްކުރެވުމުން ދެއްވަވާނެ ދަރަޖައަށްއުންމީދުކުރާފަދައިން ﷲ ތަޢާލާގެ ދީނުން ދުރައްޖެހި ފޭވާމީހުން ދީނާއި ގާތްކުރަން މަސައްކަތްކުރުމުން ދެއްވަވާނެ ޘަވާބަށްވެސް އުންމީދުކުރާށެވެ.

ވިސްނައިދެށެވެ. އެނަމެ ނުބައިވެގެންވާ މަރަކީ ފާފަކުރުންމަތީގައި ހުރެ މަރުވާމަރުވުމެވެ. ޤިޔާމަތްދުވަހު ކޮންމެ މީހަކުވެސް މަޙްޝަރުކުރައްވަވާނީ އެމީހަކު އެންމެފަހުން އުޅުނު ގޮތުގެ މައްޗަށެވެ. އެމީހަކު ވާނީ އެމީހާގެ އެކުވެރިންނާއިއެކުގައެވެ. އިސްރާފީލްގެފާނު ޤިޔާމަތްވުމުގެ ތާޅަފިލި ފުމެލެއްވެވުމުން ތެޅެމުން ފޮޅެމުން ކައްވަޅުން މީހާތެދުވާނީ އެމީހާ އެންމެފަހުން ކުރަމުންގެންދިއަ ޢަމަލުގެމަތީގައެވެ.

ވީއިރު ތިބާގެ ފުރާނަހިއްޕަވަން މަލާއިކަތާ ވަޑައިގަތީ ތިބާއަށް ފާފަކުރެވެމުންދަނިކޮށް، ނުވަތަ ކޮށްފައިވާ ފާފަތަކަށް ތައުބާނުވެވިހުއްޓައި ކަމުގައިވެއްޖެނަމަ ދެން އެމީހަކަށް ކުރިމަތިވާނެ ޙާލަތަށް ވިސްނާށެވެ!

މިއީ މިއަދު ކޮންމެ މހަކުވެސް އެމީހެއްގެ ގާތް މީހުންނަށް އަދި ނުދަންނަ މީހުންނަށްވެސް ކޮންމެހެން ކިޔައިދޭން ޖެހިފައިވާ ވާހަކަތަކެވެ. ހަނދާންކޮށްދޭންޖެހިފައިވާ ކަންކަމެވެ. ވީމާ އެހެން މީހަކަށް އިސްލާމް ދީނަށް ދައުވަތުދޭން މަސައްކަތްކުރަން ވިސްނާފަދައިން މިބުނި މަގުން ވެސް މަސައްކަތްކުރާށެވެ! ﷲ ތަޢާލާ ޘަވާބު ދެއްވާނެވަރާއިމެދު ނުވިސްނާށެވެ. ﷲ ތަޢާލީ އެންމެ ޢަދުލުވެރި ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް