އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިމީހާގެ ހިތުގަ ޖައްސުވަމުން ހަކުރުބައްޔަށް ބޭސްކޮށްދިނުމުގެ ބޭނެއް ނެތް! އެކަމުން ކުރާނެ ފައިދާއެއް ނެތް!

އަނބިމީހާގެ ހިތުގަ ޖައްސުވަމުން ހަކުރުބައްޔަށް ބޭސްކޮށްދިނުމުގެ ބޭނެއް ނެތް! އެކަމުން ކުރާނެ ފައިދާއެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

މަސައްކަތުގައި ބުރަކޮށް އުޅެންޖެހުމާއި އާއިލީ މައްސަލަތައް ކުރިމަތިވުމަކީ ކުއްލިއަކަށް ލޭގައި ހަކުރު ހުންނަ މިންވަރު ބިމުން ފުރާޅަށް އުފުލިގެންދާ ކަމެކެވެ. "ނިކަން އަޑުއަހައިބަލަ "ސްޓްރެސް ޖެހުމުން ކަނޑައެޅިގެން ލޭގައި ހަކުރު ހުންނަ މިންވަރު މަތިވޭ،"  

"އަހަރެމެންގެ ފައިޓް އޮރ ފްލައިޓް ހޯރމޯން ކަމަށްވާ ކޮރޓިސޯލް އިތުރުކޮށްދޭ އެއްޗެއް. ކޮރޓިސޯލް މައްޗަށް ދިއުމުން ހަށިގަނޑުގެ އަމިއްލަ އިންސިއުލިންއަށް ނުވަތަ އިންސިއުލިން އިންޖެކްޝަންތަކަށް ވެސް އަހަރެމެންގެ ނާޒުކުކަން ކުޑަވެގެންދޭ"  

ސްޓްރެސް އަކީ ޖިސްމާނީ ކަމެއް ކަމުގައި ވެދާނެ! މިސާލަކަށް އަނިޔާއެއް ލިބުމާއި ، ނުވަތަ ނަފްސާނީ ގޮތުން މާލީ ދަތިތަކާއި ނުވަތަ ކައިވެނީގެ މައްސަލަތަކާ ކުރިމަތިލުން ފަދަ ކަންކަމެވެ.  

ހާސްވެ ހޯރމޯންތައް އަލުން ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައި ހެއްޔެވެ؟ "ގިނައިން މީހުން ކާނާއަށް އެނބުރެނީ، އެކަމުން އެއްވެސް އެހީތެރިކަމެއް ނުލިބޭ، އެކަމަކު ސްޓްރެސް މެނޭޖް ކުރުމަށް މަސައްކަތްކުރަންވީ! މިޙާލަތުގަ ރަނގަޅު ވަގުތުތަކުގައި ކުރެވިދާނެ ކަންތައްތަކެއް އެބަހުރި! މަސައްކަތުގައި ޓެންޝަން އުފެދިގެން ކުއްލިއަކަށް ކަންބޮޑުވާ ވަގުތު. ފަސް މިނެޓް ހިނގައިލާ! ނުވަތަ 10 ފަހަރު ފުން ނޭވާއެއް ދޫކޮށްލާފައި ނޭވާލުން މަޑުޖައްސާލާ، އަދި ކޮންމެ ދުވަހަކުވެސް ކަސްރަތުކުރަން ވަޤުތުކޮޅެއް ހޭދަކޮށްލާ!"

- މަޢުލޫމާތު: ޞިއްހީ ޚަބަރު  

މިޔުންކޮޅަށް މަތީގައިވާ ސުރުޚީދިނީ މިއީ ސަމާލުކަންދޭންޖެހިފައިވާ ކަމަކަށްވާތީއެވެ. އަނބިމީހާއަށް ހަކުރުބަލި ޖެހުމުން ބޭސްކާންދެމުން އަދި ބައެއް ޙާލަތުގައި އިންސިޔުލިން ޖަހަމުންވެސް އެކަނބަލުންގެ ހިތުގައި ޖައްސުވާ ބައަކު އެބައުޅެއެވެ. އެކަނބަލުންގެ ސިކުނޑިއަށް ބާރުބޮޑުވާނެ، ހިތްދަތިވާނެ ކަންކަން ކުރާ މީހުން އުޅެއެވެ.  

ބަޔާން މިކުރިފަދަ ދިރާސާތަކުން އެނގެނީ ކަންބޮޑުވާންޖެހިގެން އުޅެންޖެހޭނަމަ ކުރާ ބޭހުގެ ފައިދާ ހަށިގަނޑަށް ނުލިބޭނެކަމެވެ. ނުލިބެމުންގޮސް އިންސިޔުލިންއަށްވެސް ނުގުޑާނެ ޙާލަތަށް ހިނގައިޑާނެ ކަމެވެ. ވީމާ ބަލީގައި އުޅެންޖެހިފައިވާ މީހާއަށް ހަމައެކަނި ބޭސްކޮށްދިނުމަކުން ނުފުދެއެވެ. އޭނާއަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތްކުރަން އެބަޖެހެއެވެ. ސްޓްރެސް އިން ސަލާމަތްވެވިގެން ހުރެވޭނެ ގޮތަކަށް ކަންކަން ކޮށްދޭން އެބަޖެހެއެވެ. ކުރާ ބޭހުގެ ފައިދާ އޭނާއަށް ލިބޭނީ އެއިރުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް