އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ބޭނުންތައް ނުފުދި ލަސްވިޔަސް ﷲ ގެ މަގުގަ ޘާބިތުވެއްޖެ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

ތިބާގެ ބޭނުންތައް ނުފުދި ލަސްވިޔަސް ﷲ ގެ މަގުގަ ޘާބިތުވެއްޖެ މީހަކަށް މާޔޫސްވާކަށް ނުޖެހޭނެ! ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ކަންކަން ނުބައިމަގުން ކޮށް ނިންމާލުމަށް މިހާރު ކިޔާނީ މަގުހުރަސްކޮށްލުމެވެ. މަގުކުރުކޮށްލުން ކަމަށްވެސް ކިޔައިފާނެއެވެ. ސަބަބަކީ ކަންކަން ކުރަން އޮންނަ މަގު ދިގުވާތީ ކުރުކޮށްލަނީއެވެ. ކުރުކޮށްލީމާ ދެން ކަންކަން ވެދާނެ ގޮތަކާއިމެދު ވިސްނާލަނީވެސް ވަރަށް މަދު މީހެކެވެ.

ވީމާ ތިބާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވި ލަސްވިޔަސް އަދި ލިބެން ބޭނުންވާ މަޤާމާއި ދަރަޖަ ނުލިބި ލަސްވިޔަސް ކަންބޮޑުނުވާށެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ މަސައްކަތްތަކެއްކޮށްގެންނެވެ. ފިޔަވަޅުތަކެއް ގިރާކުރުމަށްފަހުގައެވެ. ތިބާއަށް އޮތީ ތިބާ ބޭނުންވާ ކަންކަން ޙާޞިލުކުރަން އިޚްލާޞްތެރިކަމާއިއެކު ގަދައަޅައި މަސައްކަތްކުރުމެވެ. ޙައްޤުމަގުގައި ހުރެގެންނެވެ. ﷲ ތަޢާލާގެ ރުހިވޮޑގަތުން ލިބޭނެ ގޮތުގައި ސާބިތުވެހުރެއެވެ.

އެގޮތުގައި ޘާބިތުވެ ހުރެވިއްޖެނަމަ ލަހުން ނަމަވެސް އެކަމަށް އެންމެ އެކަށޭނަ ވަޤުތު ތިބާ ބޭނުންވާ ކަންކަން ތިބާއަށް މިންވަރުކުރައްވަވާނެތެވެ. މިންވަރުކުރެއްވެވުމުން ތިބާއަށް ކެތްތެރިވާންޖެހުނު މުއްދަތުގައި ތިބާ ކުރިމަސައްކަތްތަކުގެ ފުރިހަމަ އަގު ތިބާއަށް ލިބި ހިތްހަމަޖެހުން ލިބިގެންދާނެތެވެ. އިން ޝާ ﷲ

ނަމަވެސް ގިނަބައަކަށް ހަނދާންނެތިކޮށްލެވެނީ މިއާޔަތެވެ.

"އަދި، ﷲ އަށާއި ރަސޫލާއަށް ތިއަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިއަބައިމީހުންނަށް ރަޙްމަތް ލެއްވެވުމަށްޓަކައެވެ." (އާލްޢިމްރާން: 132)

މިއާޔަތް ހަނދާންނެތިކޮށްލެވުމުން ކުރިމަތިވާ މައްސަލައަކީ ޙައްޤު ނޫން ގޮތުގައި ކަންކަން ކުރެވުމެވެ. ﷲ ތަޢާލާއަށާއި ރަސޫލާ ﷺ އަށް ކިޔަމަންތެރިނުވެވުމެވެ. ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރުމަށްޓަކައ ﷲ ތަޢާލާ ނަހީޚުރައްވަވާފައިވާ ކަންކަން ކުރެވުމެވެ.

މީސްތަކުންނޭވެ! ކިތަންމެ ގިނަ ދުވަހަކަށް ކެތްތެރިވާންޖެހުނު ނަމަވެސް ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! ދެދުނިޔޭގައިވެސް އެކަމުގެ ފައިދާ ފެނިގެންދާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް