އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުންނަށް ނުބައިބަސް ބުނުމަކީ ﷲ ތަޢާލާގެ ރައްކައުތެރިކަން އެމީހަކަށް ގެއްލި ނިކަމެތިވެގެން ހިނގައިދާނެ ސަބަބެއް!: މުފްތީ މެންކް

މީހުންނަށް ނުބައިބަސް ބުނުމަކީ ﷲ ތަޢާލާގެ ރައްކައުތެރިކަން އެމީހަކަށް ގެއްލި ނިކަމެތިވެގެން ހިނގައިދާނެ ސަބަބެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ނުބައި ބަހަކީ ހަމައެކަނި ހަޑިމުޑުދާރު ބަސްތަކެއް ނޫނެވެ. މީހުންގެ ހިތުގައި ޖެހޭނެފަދަ ބަސްތަކަކީވެސް ބުނެވޭ ނުބައި ބަސްތަކެވެ. އެކަން ހަނދާންކުރަމުން އަޑުއަހާށެވެ!  

ކިތަންމެ ގަދައަށް ރުޅި އައިނަމަވެސް އަނބިދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ދުލުން ނުބައި އެންމެ ބަހެއްވެސް ނުބުނަން އަބަދުވެސް ބުނަމުން މިގެންދަނީ އަދި އެކަމަށްކުރާ އިލްތިމާސް ތަކުރާރުކުރަމުން މިގެންދަނީ އެކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ގިނަވެފައި ބޮޑުކަމުންނެވެ.  

މީސްތަކުންނޭވެ! ދޮގުބުނުމާއި ޣީބަބުނުމާއި ނުބައި ވާހަކަތައް ދެއްކުމުންނާއި ނުބައިބަސް ބުނުމުން ދުރުހެލިވާށެވެ! އެކަމުން ދުނިޔޭގައިވެސް ލިބިގެންދާނެ ނުރައްކައުތެރިކަމާއި ގެއްލުންތަކަށް ބިރުވެތިވާށެވެ!  

މީސްތަކުންނޭވެ! ހެޔޮ ބަސްބުނުމުން ޘަވާބު ދެއްވަވާފަދައިން ނުބައިބަސްތައް ބުނާނަމަ އެއިގެ އަނެއކޮޅުވެސް އޮންނާނެކަން ޤަބޫލުކުރާށެވެ! މަތިވެގެންވާ ކަލިމަފުޅުތައްކިޔައި ޛިކުރުކުރުމުން ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާ ފަދައިން ނުބައިބަސްތައް ބުނުމުން އެކަންކަން އަނބުރައި ގެންދަވާނެކަންވެސް ޤަބޫލުކުރާށެވެ! 

މިދައްކަނީ ހަމައެކަކަށްވެސް ނުކުރެވޭނެ ވަރުގެ ކަމެއްގެ ވާހަކައެއް ނޫނެވެ. މީސްތަކުންނަށް ނުބައިބަސްތައް ނުބުނެ ހުރެވޭނެއެވެ. މީސްތަކުންގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ނުބުނެ ހުރެވޭނެއެވެ. އެއީ އެކަންކުރަން އުޅެފި ކޮންމެ މީހަކަށް ނަމަވެސް ޙާޞިލްކުރެވޭނެ ކަމެކެވެ.  

މީސްތަކުންނޭވެ! ތިމާ ޤުރްޢާން ކިޔަވައި ﷲ ތަޢާލާއަށް ޛިކުރުކުރާ އަނގައިން ހަމަ އެންމެ ނުބައި ބަހެއްނަމަވެސް ނުބުނަން މިއަދުންފެށިގެން ޢަޒުމް ކަނޑައަޅާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އެންމެންގެ ލޯތްބާއި އިޙްތިރާމްވެސް ދާނީ ލިބެމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް