އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަމަށްޓަކައި "ޝުކުރު އަލްޙަމްދުލިﷲ" ދުލުން ބުނެލުމަކީ ޝުކުރުވެރިވުމެއް ނޫން!: މުފްތީ މެންކް

ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަމަށްޓަކައި "ޝުކުރު އަލްޙަމްދުލިﷲ" ދުލުން ބުނެލުމަކީ ޝުކުރުވެރިވުމެއް ނޫން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

މިއަދު ގިނަބައަކަށް ކުރިމަތިވެގެންއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ކޮބައިކަން ނުއެނގުމެވެ. މިޘާލަކަށް ﷲޑ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެކަމަށްޓަކައި "ޝުކުރު އަލްޙަމްދުލިﷲ" ދުލުން ކިޔައިލުމަކީ ޝުކުރުވެރިވުމެއް ނޫނެވެ. ކޮންމެމީހަކަށް ދުލުން ބަހެއް ބުނެވިދާނެއެވެ.  

އެއިރުން އެކުރެވޭ ކަމަކީ ޝުކުރުގެ ބަސްބުނުމެވެ. ﷲ ތަޢާލާއަށް ޝުކުރުވެރިވުމަކީ ޢަމަލުނަ ކުރަންޖެހޭނެ ކަމެކެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އެއީ ކުރަން އަންގަވާފައިވާ ކަންކަން ކުރުމާއި ނުކުރަން އަންގަވާފައިވާ ކަންކަން ނުކޮށްހުރުމެވެ. މިޘާލަކަށް އަޢުރަ ނިވާނުކޮށް ހުރެގެން ކިތަންމެ ގިނައިން "ޝުކުރު އަލްޙަމްދުލިﷲ" ކީނަމަވެސް އޭނާއަކީ ޝުކުރުވެރިވާއަޅަކަށް ނުވާނެއެވެ.  

މީސްތަކުންނޭވެ! އަހުރުމެންގެ ބަލިތަކަށް ޝިފާލިބުމާއި ތަނަވަސްކަން ލިބުމާއި ޢިލްމުވެރިވެވުމާއި މިހެންގޮސް އަހުރެމެންނަށް ބޭނުންވާ ހުރިހާ ނިޢްމަތްތަކެއް ލިބުމުގެ އެންމެހައި ބާރުތަކެއް ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. ވީމާ ދެއްވަވާ ކިތަންމެ ކުޑަކުޑަ ނިޢްމަތަކަށްވެސް ޥުކުރުވެރިވާށެވެ!  

ދުނިޔޭގެ އުފާ ޙާޞިލުކުރަން ކުރަންވީ ކަންކަން ދީނުގައިވަނީ ބަޔާންވެގެންނެވެ. ވީމާ އެކަންކަންކުރަންވީއެވެ. ވިސްނާލަންވީ ކަމަކީ ދުނިޔޭގައި އެމީހަކަށް ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް އެމީހަކާއި ވަކިވެގެންދާނެ އެއްޗެއް ކަމެވެ. ތިމާއާއިއެކުގައި ދެމިގެންވާނީ އާޚިރަތަށްޓަކައި ކުރެވުނު ކަމެކެވެ.  

ވީމާ ދުނިޔޭގެ ކަމަކަށް 1 ދީނާރު ޚަރަދުކުރިއްޔާ އާޚިރަތަށްޓަކައި 10 ދީނާރު ޚަރަދުކުރާށެވެ. މާނައަކީ ދިރިއުޅުމުގެ އަސާސީ ކަންކަމަށް ޚަރަދުކުރުމަށްފަހު ދެންކުރާ ޚަރަދުތައް ވިސްނައިގެން ކުރާށެވެ. ދުނިޔެއިން އަރާމު ހޯދަން ޚަރަދުކުރުމުގެ ބަދަލުގައި އާޚިރަތަށް ފައިދާހުރި ގޮތުގައި ހޭދަކުރަމުން ގެންދާށެވެ. ދުނިޔެއިން ހޯދާ އަރާމުތައް ގެއްލިގެންދާނެއެވެ. ދާއިމީ ފައިދާއެއް ކުރާނީ އާޚިރަތަށްޓަކައި ކުރެވޭ ކަންކަމުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް