އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަނގަޅަށް އުޅެވޭނަމަ ފަހަރިންގެ އުޚުތުންނާ ކައިވެނިކުރުމަކީ ފައިދާކުރާނެ ކަމެއް!

ރަނގަޅަށް އުޅެވޭނަމަ ފަހަރިންގެ އުޚުތުންނާ ކައިވެނިކުރުމަކީ ފައިދާކުރާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އަޅުގަނޑުގެ އަޚާގެ އަނބިމީހާގެ އުޚުތަކާ އަޅުގަނޑު ކައިވެނިކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ 

މިއީ ބައެއް މީހުން ކުރިމަތިކުރާ ސުވާލެކެވެ. 

ޖަވާބުގައި ބުންނައޮތީ ތިބާގެ އަޚާގެ އަނބިމީހާގެ އުޚުތަކާ ކައިވެނިކުރުމަކީ ހަމަ ކުރަން އެންމެ ރަނގަޅު ކަމެކެވެ. އުޚުތާގެ ފިރިމީހާގެ އުޚުތަކާއި ކައިވެނިކުރުމަކީވެސް މައްސަލައެއް ނޫނެވެ. ދީނީ ގޮތުން މިއީ ހަމަ ހުއްދަ ކަންކަމެވެ. އެހެނަސް ވިސްނާލަން ޖެހޭނެ ކަންކަން އެބަހުއްޓެވެ. 

ފުރަތަމަ ބަލައިލަންވީ އެގޮތަށް ގާތް މީހުންނާއި ކައިވެނިކޮށްގެން ރަނގަޅަށް އުފަލުގައި އުޅެވޭނަމަ ކުރާނެ ފައިދާއަށެވެ. ރަނގަޅަށް އުޅެވޭނަމަ ދެޢާއިލާގެ މެދުގައި ގުޅުން ބަދަހިވާނެއެވެ. އަދި އެކަކަށް ދަތިޙާލަތެއް މެދުވެރިވިނަމަވެސް އެހީތެރިކަމަކަށް ބޭނުންވިނަމަވެސް އެކަމެއް ކޮށްދޭންވެސް ފަސޭހަވެ އެކަމުގެ ސަބަބުންވެސް ގުޅުން ބަދަހިވެގެންދާނެއެވެ. ވީމާ މިހިރީ ވަރަށް ރަނގަޅު ކަންކަމެވެ. 

ދެން ބަލައިލަންވީ އެއިގެ އަނެއްކޮޅަށެވެ. އެފަދަ ގާތް މީހަކާއި ކައިވެނިކުރީއެވެ. ކައިވެންޏަށްފަހު ދެމީހުން މައްސަލަޖެހެނީއެވެ. މައްސަލަޖެހެމުންގޮސް ކައިވެނި ރޫޅުނީއެވެ. އެއީ މައްސަލައެއް ނޫންކަމަށް ބެލިނަމަވެސް އެއީ މައްސަލައަކަސްވާނެއެވެ. އެކަމުގެ ސަބަބުން ޙަސަދަވެރިކަމެއް ނުއޮންނާނެކަމަށް ބުނިނަމަވެސް އެކަން މެދުވެރިވަނީ އެގޮތަކަށް ނޫނެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ގިނަ ފަހަރު އެކަން ބޮޑު ފިތުނައެއްގެ ގޮތުގައި ޒަމާންތަކަށް ދެމިއޮންނަކަންވެސް ފާހަގަކުރެވެއެވެ. 

ދެފަރާތުގެވެސް ޢާއިލާގެ މީހުންނާއި ކައިވެނިކުރާނަމަ މިބުނި ކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ކައިވެނިކޮށްފިނަމަ އެކައިވެނި ރަނގަޅު ގޮތުގައި ދަމަހައްޓަން މަސައްކަތްކުރަން ޖެހޭނެއެވެ. އެކަން ކާމިޔާބުކުރެވިއްޖެނަމަ ހުރިހާ ގޮތަކުންވެސް އޮތީ އުފާވެރިކަމެވެ. ކާމިޔާބު ނުކުރެވިއްޖެނަމަ އެއީ ބޮޑު، ދިގުދެމިގެންދާ ފިތުނައަކަށްވެސްވެދާނެއެވެ. 

މިހުންނަނީ ކުދިކުދި ކަންކަމެއް ނޫނެވެ. އާދައިގެ ކަންކަމެއް ނޫނެވެ. ޢާއިލާއަކަށް އުފާވެރިކަން ލިބުންވަނީ ގުޅުންތައް ރަނގަޅު ގޮތުގައި ދެމެހެއްޓުނުވަރަކުންނެވެ. މަސައްކަތްކުރަންވީ އެކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް