އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ވަކިވާންޖެހުނަސް އެކުގަ އުޅުނުއިރު އަނެކާއަށް ކޮށްދިން ކަންކަމުގެ ވާހަކަދައްކައި ކަލަގޮވުމަކީ އެމީހާ ނިކަމެތި ކުރައްވަވައިފާނެ ފާފައެއް!

ދެމަފިރިން ވަކިވާންޖެހުނަސް އެކުގަ އުޅުނުއިރު އަނެކާއަށް ކޮށްދިން ކަންކަމުގެ ވާހަކަދައްކައި ކަލަގޮވުމަކީ އެމީހާ ނިކަމެތި ކުރައްވަވައިފާނެ ފާފައެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ދެމަފިރިން އެކަކު އަނެކަކަށް ނަމަވެސް އަދި އެހެންމީހަކަށް ނަމަވެސް ކޮށްދޭ ކޮންމެ ކަމެއްވެސް ކޮށްދޭންވީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތައާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. އެކަމުގެ ޘަވާބާއި ދަރުމައަށް އެދިގެންނެވެ. އުފާކުރަންވީ އަނެކާއަށް އެހީތެރިވުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވެވިކަމަށްޓަކައެވެ.

މީހަކަށް ކަމެއްކޮށްދިނުމަށްފަހު އެކަމުގެ ވާހަކަ ދެއްކުމުން އަނެކާ ދެރަވާނެއެވެ. ހިތުގައި ޖެހޭނެއެވެ. އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ކުރުމަކީ އަދި އެފަދަ ބަހެއް ނަމަވެސް ބުނުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމެއް ނޫނެވެ. ޔަޤީންކުރަން އޮތް ކަމަކީ އަނެކާއަށް އެހީތެރިވެދެވުނީ ﷲ ތަޢާލާ އެކަން އެގޮތަށްވުމަށް އިރާދަކުރެއްވެވުމުން ކަމެވެ. އެކަމަށް ނުވިސްނައި ކަލަގޮވމަކީ އެކަމުން ލިބެން އޮތް ޘަވާބު ގެއްލިގެން ހިނގައިޑާނެ ކަމެކެވެ.

ވީމާ ކުރާ ކޮންމެ އަމަލަކީވެސް ބުނާ ކޮންމެ ބަހަކީވެސް ﷲ ތަޢާލާއަށްޓަކައި، ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަން ކުރާ ކަމެއްކަމަށް ހަދާށެވެ! އާޚިރަތް ދުވަހު އެކަމުގެ ފައިދާކުރާނީ އެއިރުންނެވެ.

ދެމަފިރިން ވަކިވުމަށްފަހު އެކަކު އަނެކަކަށް ކޮށްދީފައިވާ ކަންކަމުގެ ވާހަކަތައް ބައެއް މީހުން ދައްކައެވެ. ފޯރުކޮށްދިން އެހީތެރިކަމުގެ ވާހަކަދައްކައެވެ. މިހައި ހެޔޮކޮށް ކަންކަންކުރުމުންވެސް ޝުކުރުވެރިނުވިކަމުގެ ޝަކުވާތައް ކުރެއެވެ.

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެއްވެސް މީހަކަށް ކަމެއްކޮށްދިނުމަށްފަހު އެކަމުގެ ވާހަކަތައް ނުދައްކާށެވެ. އެކަމުގެ ވާހަކަދެއްކުމުން ތިބާކުރި ޞަދަޤާތް ތިބާއަށް ގެއްލިގެންދެއެވެ. ކުރި ހޭދައާއި އުފުލި ބުރައިގެ ސަވާބު ގެއްލިގެންދިއައީއެވެ. ވީމާ މިކަންކަމަށް ސަމާލުކަންދޭން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް