އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެކާ ނެތްތަންތަނުގަ އޭނާ ދެރަވާނެ ނުވަތަ އޭނާގެ ނުބައިވާހަކަ ދެއްކުމަކީ ކުރެވޭ އެންމެބޮޑު އެއް ފާފަ! އާޚިރަތް އެދޭނަމަ ބިރުވެތިވޭ!

އަނެކާ ނެތްތަންތަނުގަ އޭނާ ދެރަވާނެ ނުވަތަ އޭނާގެ ނުބައިވާހަކަ ދެއްކުމަކީ ކުރެވޭ އެންމެބޮޑު އެއް ފާފަ! އާޚިރަތް އެދޭނަމަ ބިރުވެތިވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މީސްތަކުންނަށް މިއަދު އެންމެ ގިނައިން ކުރެވޭ އެންމެ ބޮޑު އެއްފާފަ ޢާންމުވެގެންގޮސް އެއީ ފާފައެއްކަން އެނގެނީވެސް އެއީ ކިހައިބޮޑު ފާފައެއް ކަމާއިމެދު ވިސްނައިލަނީވެސް މަދު މީހެކެވެ. ވީމާ މިވާހަކަ ތަކުރާރުކޮށްވެސް އެބަ ދައްކަން ޖެހެއެވެ. ހަނދުމަކޮށްދިނުމުގެ ގޮތުންނެވެ. ހޭލުންތެރިކުރުވައި ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމުގެ ވިސްނުން ދެއްވެވުން އެދި ދުޢާކުރަމެވެ.

ޣީބަބުނަމަކީ މަރުވެފައިވާ ތިބާގެ ހަށިގަނޑުގެ މުޅަމަސްކެއުން ކަމަށް ޙަދީޘްފުޅުކުރައްވަވާފައި އެވަނީ ކީއްވެގެންހެއްޔެވެ؟ އެކަމުގެ ސަބަބުތަކަށްބަލާއިއރު:

1 މަރުވެފައިވާ މީހަކާއިދިމާއަށް ކިތަންމެ ގިނައިން އެއްޗެތި ގޮވިނަމަވެސް އެކަމުގެ ދިފާޢުގައި ކުރެވޭނެ އެއްވެސް ކަމެއް އޭނާއަކަށް ނުއޮންނާނެއެވެ.

2 އޭނާގެ ހަށިގަނޑަށް ކިތަންމެ ބޮޑު އަނިޔާއެއްދިން ނަމަވެސް ދިފާޢުގައި ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

މީސްތަކުންނޭވެ! އެއްވެސް މީހަކު ކުރާކަމަކުން އެހެން ބައަކަށް ގެއްލުންނުވާނަމަ އެކަމާއިބެހުމެއް ނެތެވެ. ނެތިމޮށޭ އެކަމުގެ ވާހަކަތައް ދައްކައިގެންނުވާނެއެވެ. މިސާލަކަށް އަޙްމަދު ނަމާދުނުކުރަނީއެވެ. އެކަމާއިމެދު ކަންބޮޑުވާނަމަ އޭނާއަށް ނަޞޭޙަތްދޭށެވެ. މީސްތަކުންގެ ތެރެއަކު ނޫނެވެ. އެކަނި ބަހައްޓައިގެންނެވެ. އޭނާ ނަމާދުނުކުރާ ވާހަކަ އެހެން މީހުންގެ ގާތު ދައްކާކަށް ނުޖެހެއެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އޭނާއަށް ޙައްޤުޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ.

މިސާލަކަށް "ހަފްތާ ބަންދުގައި މިވެނި މީހަކު މިވެނިކަމެއްކުރި" ކަމުގެ ވާހަކަ ދައްކަންވީ ކީއްކުރަންހެއްޔެވެ؟ އޭނާކުރިކަންކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެވާހަކަތައް ދެއްކުމަކީ އަމިއްލައަށް ލިބިގަންނަ ފާފަތަކެވެ. ޙަދީޘްފުޅުން އެނގެން އޮތީ މީހަކު ކުރިކަމެއްގެ ވާހަކަ އެމީހާގެ ޣައިރު ޙާޒިރުގައި ދެއްކުމަކީވެސް ޣީބަބުނުންކަމެވެ.

މީސްތަކުންނޭވެ! ޣީބަބުނުން މިހާރުވެފައި މިވަނީ އެންމެ ގިނަބައަކު އެއްވެސް ބިރެއްނެތި އެންމެ ގިނައިންކުރާ ފާފައަށެވެ. ބިރުވެތިވާށެވެ! ތިބާކުރާ ހެޔޮ ޢަމަލުތަކުން ބަދަލުދޭންޖެހި ތިބާގެ އެކައުންޓް ހުސްވެ ނަރަކައަށް ތިބާވަންނަންޖެހުމަކީ ކޮންފަދަ ބޮޑު ހިތާމައެއް ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް