އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ ޝައިޠޯނަކަށްވެވޭގޮތް އެނގޭތަ؟: މުފްތީ މެންކް

ތިމާއަކީ ޝައިޠޯނަކަށްވެވޭގޮތް އެނގޭތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ފާފަކުރެވޭ މީހުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު އެއްބައަކީ ތިމާކުރާފަދަ ފާފަތައް އެހެން މީހުންލައްވައި ކުރުވަން މަސައްކަތްކުރާ މީހުންނެވެ. އެމީހުންގެ އެންމެ ޢާންމު އެއް ސިފައަކީ އެމީހުންކުރާ ފާފަތައް އެހެން މީހުންނަށް ކިޔައިދީ އެފަދަ ފާފަތައް ކުރުވަން އެހެން މީހުންވެސް ޝައުޤުވެރިކުރުވަން މަސައްކަތްކުރުމެވެ. އަދި އެމީހުން ފާފަކުރާ މަޖިލިސްތަކުގައި ބައިވެރިވުމަށް އެހެން މީހުންނަށް ދަޢުވަތުވެސްދިނުމެވެ. އެފަދަ މީހުން އެފާފައެއް ކުރުމުން އެމީހުންނަށް ލިބޭ ހިތްހަމަޖެހުން އެހެން މީހުންނަށް ކިޔައިދެއެވެ. ވީމާ އަޑުއަހާށެވެ!

އެއްވެސް މުސްލިމަކު ތިމާއަކީ ޝައިޠޯނަކަށްވުމަކަށް ނުއެދޭނެއެވެ. ބޭނުންވާނީ ވީހައި ޞާލިޙް ހެޔޮލަފާ ތަޤްވާވެރިއަކަށްވުމަށެވެ. އެކަން ޙާޞިލްވާނީ ޝައިޠޯނާ އާއި ވީހާ ބޮޑަށް ދުރުހެލިވެވިގެންނެވެ. ނަމަވެސް ކަންކަންވާގޮތާއިމެދު ވިސްނައިލަމާހިނގާށެވެ.

އިންސާނުން އަމިއްލައަށް ކުދިކުދި ޝައިޠޯނުންތަކަށް ބަދަލުވެއެވެ. އެކަން އެމީހާއަށް ނުވިސްނެނީއެވެ. މީސްތަކުންނަށް ފާފަކުރަން ހިތްވަރުދީ އަދި އެއްވެސް ބިރުވެތިކަމެއް ނެތި ތިމާ ފާފަކުރަމުން ގެންދާނަމަ އެމީހަކު އެވަނީ މިބުނި ފަދަ މީހަކަށް ބަދަލުވެފައެވެ. އަދި އެހެން މީހުންނަށް އަނިޔާވެރިވާން ޖެހިލުންނުވާ ޙާލަތަށް މީހާގެ ކަންކަން ދިއުމުންވެސްމެއެވެ.

ދުނިޔޭގަ ބާރެއް ލިބުމުން އެއްވެސް މީހަކަށް ނުވަތަ މިސްތަކުންނަށް އަނިޔާވެރިވާއިރު ވިސްނައިލާށެވެ. ތިބާއަކީ ކޮން ބާރެއް ލިބިގެންވާ ކާކު ހެއްޔެވެ؟ ތިބާ އުފެއްދެވީ އޮލަ ފެންތިއްކަކުން (މަނިތިއްކަކުން) ނޫންހެއްޔެވެ؟ އެންމެފަހުން އެކުވެގެންދަނީ ބިމުގައި ހުރި ވެއްޔާއި ނޫންހެއްޔެވެ؟ ވީއިރު އެއްވެސް މީހަކަށް ލިބިގެންވަނީ ކޮންބާރެއް ހެއްޔެވެ؟

މީސްތަކުންނޭވެ! އަބަދުވެސް ހަނދާންކުރަންވީ އަހަރެމެންނަކީ އެއްވެސް އާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ. ﷲ ތަޢާލާ ދެއްވެވި ބާރެއް މެނުވީއެވެ. ވީމާ އެހެން މީހުންނަށް ހެޔޮކޮށް ހިތައި އެހީތެރިވާން ﷲ ތަޢާލާ ދެއްވެވި ބާރުގެ ބޭނުން އެއްވެސް މީހަކަށް އަނިޔާވެރިވާން ބޭނުން ހިފަން ހެޔޮނުވާނެއެވެ.

ވަކިން ޚާއްޞަކޮށް ތިމާއަށްވުރެ ނިކަމެތި މީހުންނަށެވެ. ތިމާގެ ބެލުމުގެދަށުގައިވާ މީހުންނަށެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށެވެ. ޢާއިލާގެ މީހުންނަށެވެ. އަނިޔާވެރިކަމުގެ މާނައަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއްވެސް ނޫނެވެ. ނަފްސާނީ އަނިޔާވެސްމެއެވެ. ހަރުކަށި ނުބައި ބަސްތައް ބުނުންވެސްމެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް