އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު
މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން ޕާކިސްތާނުގެ ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވަރސިޓީގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމުގައި ސިއްޙީ ދާއިރާއިން މީހުން ތަމްރީން ކުރުމާއި ސްޕެޝަލައިޒްޑް ނާސިންގ ޓްރެއިނިންގ ފަދަ ވަކި ދާއިރާތަކަށް އަމާޒުކޮށް ތަމްރީންތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ބްރިގޭޑިއަރ ޑރ ހުމައިރާ ޒޭބް، ޑރ.ރައިސާ ގުލް ޕާކިސްތާނުގެ ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވަރސިޓީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަމިނަތު ޝިރުނާ، ޕާރމަނެންޓް ސެކަރެޓަރީ އައިޝަތު ސާމިޔާ، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް އޮފިޝަލަކު ވަނީ ބައިވެރިވެފައެވެ.
ހަބަރު: ސަރުކާރު
Advertisement
20 ޖޫން 2025