އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޑްނީ ހަދިޔާކުރުމަށް ޖެހިލުން ނުވުމަށް ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކުރައްވައިފި

ކިޑްނީ ހަދިޔާކުރުމަށް ޖެހިލުން ނުވުމަށް ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ކިޑްނީ ހަދިޔާ ކުރުމަކީ ލޯބިވާ މީހަކަށް ކޮށްދެވިދާނެ އެންމެ ބޮޑު އެއް ކަމެއް ކަމަށާއި ކިޑްނީ ހަދިޔާކުރުމަށް ޖެހިލުންވެނުލެއްވުމަށް އައިޖީއެމްއެޗްގެ ހެޑް އޮފް ނެފްރޮލޮޖީ ޑރ.އިބްރާހީމް ޝިހާމް އިލްތިމާސްކޮށްފިއެވެ.

ކިޑްނީ ބަލީގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޑރ.ޝިހާމް ވިދާޅުވީ ކިޑްނީ ބޭނުންވާ ފަރާތްތަކަށް ކިޑްނީ ހަދިޔާ ކުރުމުން އެމީހެއްގެ މުޅި ދިރިއުޅުން އާރާސްތުވެ، އާ ދިރުމެއް ލިބިގެންދާ ކަމަށެވެ.

އަދި ކިޑްނީ ހަދިޔާ ކުރުމަކީ ރަނގަޅަށް ބެލެވި،ކުރަންޖެހޭ ތަހްލީލްތައް ކުރެވިގެން ކުރާ ކަމެއްކަމުގައިވާނަމަ ވަރަށް ރައްކާތެރިކަމެއް ކަމުގައެވެ.

ޑރ.ވިދާޅުވީ ކިޑްނީ ހަދިޔާ ކުރުމަށްފަހު މާ ލަސްތަކެއް ނުވެ ރިކަވަރ ވާއިރު، އެއް ކިޑްނީ އިން ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި މުޅި އުމުރަށް ވެސް އުޅެވިދާނެ ކަމަށެވެ.

ކިޑްނީ ބައްޔަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ގިނަ ބަޔަކު މަރުވާ އެއް ބަލިއެވެ. އޭޝިއާ ގައުމުތަކުގައި 34 އިންސައްތަ މީހުން މި ބަލިތަހަންމަލްކުރަމުންދާއިރު، ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު