އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޫދު ފެސްޓް" ކާމިޔާބު ކަމާ އެކު ނިންމާލައިފި

"މޫދު ފެސްޓް" ކާމިޔާބު ކަމާ އެކު ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދިޔަ "މޫދު ފެސްޓް" ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރު ފަހު 1 އިން އިރުއޮއްސި 6:00 އަށް ހުޅުމާލެ ބީޗް ސަރަހައްދުގައެވެ.

މޫދު ފެސްޓު ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށ ްކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ވުޒާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަ ކުރިއަށް ގެންދިޔަ މޫދު ފެސްޓުގައި އެންމެ މުހިންމު ހަރަކާތެއްގެ ގޮތުން ކުރިއަށް ދިޔައީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށްގެންދިޔަ ޑިސްކަވާ ޑައިވް ހަރަކާތެވެ. މިހަރާކާތުގައި 40 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތަކީ ހާއްސަކޮށް ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދިނުމެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކޮށް އަގުވަޒަން ކުރުމަށް ބާރުއެޅުމެވެ.

މޫދު ފެސްޓުގައި ވާހަކަދައްކަވަމުން ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހީންގެ މުޅި ދިރިއުޅުން ބަރޯސާވެފައި އޮންނަނީ ކަނޑަށްވުމުން ކަނޑުގެ މާހައުލު ދެނެގަތުމާ ދެމެހެއްޓެނިވިގޮތެއްގައި ކަނޑުގެ ދިރުންތަކުގެ ބޭނުން ހިފާނެ ގޮތްތައް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެރިރާއްޖޭގެ އާއިލާތަކަށް އާމްދަނީ ހޯދާ ކަމަށްވާނަމަ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

"މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފައެވެ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވި އެވެ.

މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެއިތުރުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސްފާހަގަ ކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ އޯޝަން ކުއިޒް މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށްވެސް ވަނީ އިނާމު ދީފި އެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު