އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމީ ޚިދުމަތަށް ގިނަ ދަރިވަރުންތަކެއް ނެރެދީފައިވާ އީޕީއެސްގެ 58 ވަނަ އަހަރީދުވަސް އާރޫޙެއްގައި ކުލަގަދަކޮށް ފާހަގަކޮށްފި!

ޤައުމީ ޚިދުމަތަށް ގިނަ ދަރިވަރުންތަކެއް ނެރެދީފައިވާ އީޕީއެސްގެ 58 ވަނަ އަހަރީދުވަސް އާރޫޙެއްގައި ކުލަގަދަކޮށް ފާހަގަކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށި އަމިއްލަ ސްކޫލް އިންގްލިޝް ޕްރެޕަރޭޓަރީ ސްކޫލް (އީ.ޕީ.އެސް) ފަހުން އީ.ޕީއެސް.އެސް ގެ 58 ވަނަ އަހަރީދުވަސް ވަރަށް ގިނަ ޙަރަކާތްތަކަކާއިއެކު ކުލަގޮތަކަށް ފާހަގަކޮށްފިއެވެ.

ދަރިވަރުންގެ ގޮތުގައި ތިބެ އެތައް އަހަރެއްވަންދެން ކޮންމެ ދުވަހަކު ހެނދުނު އެސެމްބްލީގައި ކިޔަމުން އައި ސްކޫލްގެ ލަވައިން ފެށި ޚާއްޞަ ޙަފްލާގައި ބައިވެރިވެފައިވަނީ އިސްދަރިވަރުންގެ ތެރެއިން ގިނަ ޢަދަދެއްގެ ދަރިވަރުންނެވެ. ބައިވެރިންނަށް ބަލައިލުމުން ފެނިގެންދިއައީ ޤައުމުގެ އެންމެ އިސްމަޤާމުތައް އަދާކުރައްވާފައިވާ އިސްދަރިވަރުންނާއި މިހާރުވެސް އިސްމަޤާމުތަކުގައި ތިބެއްބެވި ބައެއް ދަރިވަރުންނާއި ޑޮކްޓަރުން، އިންޖިނޭރުން، ފަންނާނުން، ސިޔާސީ ލީޑަރުން، ވިޔަފާރިވެރިން މިހެންގޮސް ހުރިހާ ދާއިރާތަކުގައި މިހާރުވެސް ޙަރަކާތްތެރިވަމުން އަންނަ އިސްދަރިވަރުންނެވެ. 

މިޙަފްލާގައި ޝުޢޫރު ފައުޅުކުރި އިސްދަރިވަރުން އެންމެ ބޮޑަށް ފާހަގަކުރި އެއްކަމަކީ އައު ރޫހަކާއިއެކު އިސްދަރިވަރުންގެ ދިރުން ކުރިއަށް ގެންދިއުމުގެ މުހިންމު ކަމެވެ. މުޖުތަމަޢުއަށް ފައިދާކުރާނެ ޚިދުމަތްކުރުމުގެ މުހިންމުކަންވެސް ބައިވެރިން ފާހަގަކުރިއެވެ.  

މިކަމަށްޓަކައި ބޭއްވި ޙަފްލާ ބާއްވާފައިވަނީ ކާމިޔާބުކަމާއިއެކު ފައުންޑަރ މެންބަރު އަދި ސްކޫލް ސްކޫލަކަށް ހެއްދެވި ޕްރިންސިޕަލް ޙަސަން މާހިރުގެ މިންނަތް މަސައްކަތްޕުޅުތަކުގެ ސަބަބުން އެއިރުގެ ސަރުކާރުން ސްކޫލް ހިންގަން ދެއްވި ޢިމާރާތުގެ ހޯލުގައެވެ. އެއްވެސް އުޖޫރައެއް ނެންގެވުމެއް ނެތި ޕްރިންސިޕަލް ޙަސަން މާހިރު ހިލޭ ސާބަހަށް ސްކޫލަށް ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޛިކުރާއަށް ފަނޑުކަމެއް ނުއަންނާނެއެވެ. އިން ޝާ ﷲ. ޙަސަން މާހިރު އެހައި ދިގު މުއްދަތެއްގައި ސްކޫލަށް ޚިދުމަތްކޮށްދެއްވިއިރުވެސް ދުވަހަކުވެސް އެކަމަށް އެއްވެސް އުޖޫރައެއް (މުސާރައެއް) ނަންގަވާފައެއް ނުވެއެވެ. އެހެންކަމާއިއެކުވެސް ޚިދުމަތްކުރައްވާފައިވަނީ ވަޒީފާއެއް އަދާކުރައްވާނެ ގޮތަށް ޒިންމާދާރުކަމާއިއެކުގައެވެ. ޙަސަން މާހިރުގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރުކުރައްވަވާށި! އާމީން

ޙަފްލާގައި ބައިވެރި އިސްދަރިވަރުންގެ ތެރޭގައި ނޫސްވެރިންގެ އިތުރުން އަމިއްލައަށް މިހާރުވެސް ނޫސްނެރެމުން އަންނަ ގިނަ ޢަދަދެއްގެ އިސްދަރިވަރުން ހިމެނޭކަން ފާހަގަކުރެވުނެވެ. 

މިޚާއްޞަ ޙަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު