އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު
ކަމެއް ދިމާވުމުން ގިނަ މީހުން ﷲ ތަޢާލާގެ ޙަޟްރަތުން އެދޭނީ އަވަހަށް އެކަމަކުން ސަލާމަތްކޮށްދެއްވެވުމަށެވެ. ނަމަވެސް އަހުރެން ބުނާނީ މިފަދައިން އެދުމަށެވެ!
"ޔާ ﷲ! އިނބަ ﷲ މިއަޅާއަށް ކުރިމަތިކުރެއްވެވި ޙާލަތަށް ކެތްތެރިވުމުގެ ކުޅަދާނަކަން މިއަޅާއަށް ދެއްވަވާނދޭވެ! އަދި އިނބަ ﷲ މިއަޅާއަށް ކުރިމަތިކުރައްވަވާ ކޮންމެ ޙާލަތަކަށްވެސްމެއެވެ.
ޔާ ﷲ! މިއަޅާއަށް ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނދޭވެ! އަދި ތަޤްވާވެރިކަމުގައި ޘާބިތުވެ ހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! އާމީން"
ކިތަންމެ ބޮޑުކަމެއް ކުރިމަތިވިޔަސް އަދި ކިތަންމެ ހިތްދަތި ޙާލަތެއްގައި އުޅެންޖެހުނަސް މިމޭރުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަނަނަވާ މީހަކަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. އެމީހަކަށް ކުރިމަތިވެފައިވާ ކަންތަކުން ސަލާމަތްކޮށްދެއްވަވާނެތެވެ!
އަހުރެންނަސް ކަމެއް ކުރިމަތިވުމުން އެކަމުގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ބަޔާންކުރަނީ އަހުރެމެންގެ ހުރި ނިކަމެތިކަން ބަޔާންކުރުމަށެވެ. އެކަން އަހުރެމެން ބަޔާން ނުކުރިޔަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
23 ޖޫން 2025