އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ފިރިހެނުންގެ ކުރިމަތީ ފަރާތުން ތިން ބާވަތެއްގެ ތަކެތި ނިކުމެއެވެ. އެއީ މަނި، މަޛްޔު، އަދި ވަދްޔު އެވެ. މީގެ ތެރެއިން މަނި ބޭރުވެއްޖެނަމަ ހިނައިގަންނަން ޖެހޭނެއެވެ. ނަމަވެސް މަޛްޔު އާއި ވަދްޔު ބޭރުވެގެން ހިނައިގަންނާކަށް ނުޖެހޭނެއެވެ. އެފަދަ އެއްޗެއް ބޭރުވެއްޖެނަމަ ރަގަޅަށް ދޮވެ ސާފުކޮށްލުމުން ފުދޭނެއެވެ.
މަނި އާއި މަޛްޔުއަދި ވަދްޔުގެ ހުރި ތަފާތު:
މަންޔަކީ ޝަހްވަތްތެރިކަން އުފެދުމުން އެއްފަހަރާ ނިކުންނަ އެތިގަނޑެކެވެ. އޭގައި ވަހެއްވެސް ހުންނާނެއެވެ.
މަޛްޔު އަކީ ޝަހްވަތްތެރިކަން ފެށޭވަގުތުގައި އަންނަ ވަހެއް ނުދުވާ އެއްޗެކެވެ. މަޛްޔު ބޭރުވިނަމަވެސް ޝަހްވަތްތެރިކަން އެއްކޮށް ފިލައިނުދާނެއެވެ.
ވަދްޔު އަކީ ކުޑަކަމުގޮސް ނިމުމުން ފައިބާ ތިކިތަކެކެވެ.
والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
23 ޖޫން 2025