އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު
މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލެވިފައެވެ. މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ.
މުބާރާތުގެ އޮނިގަނޑު އަދި ޓައިމްލައިން:
އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ: މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް.
ރަޖިސްޓްރޭޝަން ތަފްސީލް•
ރަޖިސްޓްރޭޝަން ހުޅުވުން: 16 ޖޫން 2025
ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 4 ޖުލައި 2025
ޕްރައިޒް ޕޫލް
މުޅިއަކު 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި މުބާރާތުގައި ބަހާލެވިފައިވަނީ ތިރީގައިމިވަ ގޮތަށެވެ.
ޗެމްޕިއަން: 25،000 ރުފިޔާ•
2 ވަނަ: 12،000 ރުފިޔާ
3 ވަނަ: 6،000 ރުފިޔާ•
4 ވަނަ: 3،000 ރުފިޔާ•
އެމްވީޕީ: 4،000 ރުފިޔާ
ބައިވެރިވުމުގެ ގައިޑްލައިން•
ޓީމް ސައިޒް: ކޮންމެ ޓީމަކަށް މަދުވެގެން 6 ކުޅުންތެރިން ހިމަނަންވާނެ
ޓީމް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެއެވެ.•
ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ އެވެ.
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެކެވެ. މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުއްމީދުކުރަމެވެ.
Advertisement
23 ޖޫން 2025