އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ގޭގަ ގެންގުޅުނު ތަޤްވާވެރި އަންހެނަކަށް ފެނުނު ހުވަފެނެއްގެ ސަބަބުން އަލިފާނުގެ ޙާދިސާއަކުން ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ގޭގަ ގެންގުޅުނު ތަޤްވާވެރި އަންހެނަކަށް ފެނުނު ހުވަފެނެއްގެ ސަބަބުން އަލިފާނުގެ ޙާދިސާއަކުން ސަލާމަތްވެވުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު

އަހުރެން ހުރީ މިވާހަކަ އެއްވެސް މީހަކަށް ކިޔައިނުދޭން ނިންމައިގެންނެވެ. އެއީ އެސްފީނާއަށް ބިރަށެވެ. އަހުރެންނަށް އެވަރުގެ ބޮޑު ނަޞީބެއް ލިބުނީތީ ޙަސަދަވެރިވާނެ ބައަކު ތިބޭނެތީއެވެ. ނަމަވެސް މިއަދު މިކިޔައިދެނީ އެހެން މީހުންނަށް ޢިބްރަތަކަށްވެދާނެ ކަމަށްޓަކައެވެ. 

އަހުރެންގެ ގޭގައި ދޮށީ ޢުމުރުގެ އަންހެނަކު ގެންގުޅެމެވެ. މުސާރަ ދިނުމުގެ އިތުރުން އޭނާ އާއިމެދު ވަރަށް ހެޔޮކޮށް ކަންކަން ކުރަމެވެ. އެއީ ތަޤްވާވެރި ހެޔޮލަފާ އަންހެނެކެވެ. 

އެއްރޭ ކައިގެން ބޭރަށްދާން އުޅެން ފެށުމުން ބުންޏެވެ. "މިއީ ކުރާ އަމުރެއް ނޫނެވެ. ހެޔޮ ނަޞީޙަތެއް ކަމަށް ޤަބޫލުކުރާށެވެ! ރޭގައި ވަރަށް ތަފާތު ހުވަފެނެއް ފެނުނެވެ. ތިއަ ދަރިފުޅު ގޮސް ވަން ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅެނިކޮށެވެ. އެހެންވެ އެދެން  ބޭނުންވަނީ މިރޭ އެއްވެސް ތަނަކަށް ނުގޮސް ގޭގައި މަޑުކޮށްލަދިނިއްޔާ ވަރަށް ރަނގަޅެވެ." 

އެއިރު އެކުގައި ބޭރަށްދާން އައިސްހުރި އެކުވެރިޔާ ބުނީ ކޮންމެ މީހަކަށްވެސް ހުވަގެނެއް ފެނިދާނެއެވެ. އެގޮތަށް ފެންނަ ހުވަފެން ތެދުކޮށްގެން އުޅެންވެއްޖެނަމަ މުޅި ޢުމުރަށް ގޭބަންދުގައިވެސް ތިބެންޖެހިދާނެއެވެ.   

ރަނގަޅަށް ވިސްނައިލީމެވެ. ވިސްނުނީ ބޭރަށް ނުދިއުމަށެވެ. ސަބަބަކީ އަހުރެމެންނަށް އުޅެން އޮތީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންކަމަށްވާތީއެވެ. އެހެންވެ ބުނީމެވެ. "ދެން މިރޭ އެގެއަށް ނުދާނީއެވެ. ކުޑަކޮށް ހަމަޖެހިލައިގެންދާނީއެވެ. މިއީ އަހުރެންގެ މަންމައެއް ފަދަ އަންހެނެކެވެ. ވަރަށް ދީންވެރި އަންހެނެކެވެ. އެއްކަމެއް ނުވިޔަސް މިރޭ އަހުރެން ބޭރަށް ހިނގައްޖެނަމަ އޭނާ ވަރަށް ދެރަވާނެއެވެ." 

އެކުވެރިޔާ އާއި ދެމީހުން ސިޓިންރޫމްގައި ކޮފީބޯން ތިއްބައި އިރުކޮޅަކުން ޓީވީން އައީ ކުއްލި ޚަބަރެކެވެ. އަހުރެމެން ދާން އުޅުނު ފްލެޓް ހުންނަ ބުރީގެ ތިރިއަށް ހުންނަ ބުރީގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން ސިފައިން ޙަރަކާތްތެރިވަމުން އަންނަ ކަމުގެ ޚަބަރެވެ. 

ޚަބަރު އަޑުއިވުމާއިއެކު އެއަންހެންމީހާ ގެނެސް ޓީވީ ދެއްކީމެވެ. ބުނީމެވެ. "ކުރިންވެސް ގެންގުޅުނީ ވަރަށް އިޙްތިރާމްކޮށްގެންނެވެ. ދެން ގޭގަ މަސައްކަތްވެސް ކުރާނެ ކަމެއް ނެތެވެ. ނޯކަރަކު ހޯދާނަމެވެ. އަމިއްލަ ގެ ކަމަށް ބަލައިގެން މަންމަގެ މަޤާމުގައި އިނދެދޭށެވެ! ދުވަހަކުވެސް އަހުރެން ދޫކޮށްލާފައި ގޮސްގެން ނުވާނެއެވެ!" 

މިޙާދިސާއިން އަޅުގަނޑަށް ވިސްނުނު އެއް ކަމަކީ ފެންނަ ކޮންމެ ހުވަފެނެއް ޙަޤީޤަތަކަށް ނުވިނަމަވެސް ހެޔޮލަފާ މީހުންނަށް ފެންނަ ހުވަފެނަށް ސަމާލުކަންދޭންޖެހޭނެ ކަމެވެ. ދެވަނަ ކަމަކީ ނޯކަރަކަށް ގެންގުޅުނަސް އެމީހާގެ އަގުވަޒަންކޮށް ހިތްޙަލާލު ހޯދައިގެން ގެންގުޅޭނަމަ އެކަމުގެ ފައިދާ ކުރާނެ ކަމެވެ. އަޅުގަނޑު ޙާޞިލުކުރި ޢިބްރަތަކީ ތަޤްވާވެރިކަން އިތުރުކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމެވެ.   

މިޙާދިސާއިން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް